ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑާ، ސްޕެއިންގެ ރިއާލް މެޑްރިޑް ކުޅޭ މެޗު އޮންނާނީ ލަންޑަންގެ ވެމްބްލީ ސްޓޭޑީއަމްގައެވެ. މެޗު ފެށޭނީ ރާއްޖޭ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.
ރިއާލް މެޑްރިޑަކީ މުބާރާތުގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދާފައިވާ ކްލަބެވެ. އެ ކްލަބުންވަނީ މިހާތަނަށް 14 ފަހަރު މުބާރާތް ކާމިޔާބުކޮށްފައެވެ. އަނެއް ކޮޅުން، ޑޯޓްމަންޑަށް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި އަތް ލެވިފައިވަނީ މީގެ 27 އަހަރު ކުރިންނެވެ.
ރެއާލް، ފައިނަލަށް ނުކުންނާނީ ސްޕެނިޝް ލީގު ޗެމްޕިއަނުންގެ ގޮތުގަ އެވެ. ޑޯޓްމަންޑް ޖަރުމަން ލީގު ނިންމާލީ ފަސްވަނައިގަ އެވެ.