މިހާރުވެސް އެންމެ ގިނަ ޗެމްޕިއަންސް ލީގު ހޯދާފައިވާ ރިއާލުން 15 ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރީ ރޭ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ބަލިކޮށްގެންނެވެ.
ލަންޑަންގައި ކުޅުނު ފައިނަލް މެޗުން ރިއާލް މޮޅުވި ދެ ވަނަ ހާފުގައި ޖެހި ދެ ގޯލުން، ދެ ލަނޑު ސުން ލަނޑުންނެވެ. މި ފަހަރުގެ ޗެމްޕިއަންސް ލީގު ރިއާލުން މި ނެގީ އެއްވެސް މެޗަކުން ބަލިނުވެއެވެ.
15 ފަހަރު ރިއާލުން ތަށި ނެގިއިރު، ރެއާލްގެ މިހާރުގެ ކޯޗު ކާލޯ އަންޗެލޮޓީ އަކީ މި ތަށި އެންމެ ގިނަ ފަހަރު ހޯދި ކޯޗެވެ. މިއީ އޭނާ މި ތަށި ހޯދި ފަސް ވަނަ ފަހަރެވެ. ކުޅުންތެރިއެއްގެ ގޮތުގައި ދެ ފަހަރު ހޯދި އެވެ.
ރެއާލުން މި މެޗުގައި ލަނޑު ޖެހީ ޖެހީ ޑެނީ ކާވަހާލް އަދި ވިނީޝިއުސް ޖޫނިއާއެވެ.