ads
ސްކޫލްތައް އޭސީކުރުމުގެ މަޝްރޫއުގެ ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ރާއްޖޭގެ ހުރިހާ ސްކޫލެއް 2 އަހަރު ތެެރޭ އޭސީކުރަން ވަނީ ނިންމާފައި
"ކޫލް ސްކޫލް" މަޝްރޫއު ފެށީ މާފުށިން، ހުރިހާ ހަރަދެއް ކައުންސިލުން
ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން އިއުލާންކުރި " ކޫލް ސްކޫލް" މަޝްރޫއު މާލެ އަތޮޅު މާފުށީ ސްކޫލުން ފަށައިފިއެވެ.
Advertisement

މާފުށީ ސްކޫލްގެ ހުރިހާ ކްލާސް ރޫމެއް އޭސީކުރަން ނިންމީ އެރަށު ކައުންސިލުންނެވެ. ގާތްގަޑަކަށްް މިލިއަނެއް ހޭދަވާ މި މަސައްކަތުގެ ހުރިހާ ހަރަދެއް ކުރަން ނިންމާފައިވަނީ މާފުށީ ކައުންސިލުންނެވެ. 

މާފުށީ ސްކޫލް އޭސީކޮށްދޭން ނިންމާ ކައުންސިލުން ނިންމާ އެމަސައްކަތް ބަޔަކާއި ހަވާލުކުރީ މިދިޔަ މަހުގެ 22 ވަނަދުވަހުއެވެ. މި މަސައްކަތުގެ ދަށުން ސްކޫލްގެ ހުރިހާ ކްލާސްރޫމަކާއި މަލްޓި ޕާޕަސް ހޯލްވެސް އޭސީ ކުރާނެކަމަށް އެ މާފުށީ ކަައުންސިލުން ބުނެއެވެ. އެ ކައުންސިލުން ބުނީ މިކަމަށް 79 އޭސީ ހޯދަންޖެހޭއިރު އެކަމށް ހިންގާ ހުރިހާ ހަރަދާއި އޭސީތައް ބަލަހައްޓާ މެއިންޓެނަންސްގެ މަސައްކަތްވެސް ކުރަން ނިންމާފައިވަނީ ކައުންސިލްގެ ހަރަދުގައެވެ. 

މާފުށީގައި އަލަށް ހަދާ 12 ކްލާސްރޫމަށް ބޭނުންވާ ޓީވީތައް އެރަށުގެ އަންހެނުން ތަރައްގީއަށް މަސައްކަތް ކޮމެޓީން ހަދިޔާކުރަން ވަނީ ނިންމާފައެވެ. 

"ކްލޫ ސްކޫލް" މަޝްރޫއު ފައްޓަވާދެއްވަމުން އެޑިއުކޭޗަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ ސްކޫލްތައް އޭސީކުރުމުން މިހާރު ދައުލަތުން ކުރާ ހަރަދަށްް އިތުރުވެގެންދަނީ އެންމެ 38 އިންސައްތަ ކަމަށެވެ. އަދި ޕްރޮޖެކްޓްގެ 30 އިންސައްތަ ގެންދާނީ އިޔާދަކުރަނިވި ހަކަތައިންކަމަށް ޝަފީއު ވިދާޅުވިއެވެ. 

" އަޅުގަނޑުމެން ބަލި ބެލުމުން އެބުނާ ފަދަ މާބޮޑު ވޭރިއޭޝަނެއް ޕްރޮޖެކްޓަކުން ނާދޭ. މިހާރު މިހޭދަކުރާ މިންވަރަށްް ވުރެ 38 އިންސައްތަކަމަށް މި ޕްރޮޖެކްޓަށް ހޭދަވެގެންދާނީ ކަރަންޓް ބިލަށްވެސް" ވަޒީރު ޝަފީއު ވިދާޅުވިއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ މިދިޔަ މަހުގެ 13 ވަނަދުވަހުއެވެ. ވަޒީރު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަމާ އެކުކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދާނީ ސޯލާ ޕެނަލް ހަރުކުރެވޭނެ ސްކޫލްތައް ފާހަގަކޮށް ކުޑަ ޚަރަދެއްގައިކަންވެސް ވަޒީރު އިސްމާއިލް ޝަފީއު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު މިކަން އިއުލާންކުރެއްވީ ސްކޫލްތަކުގެ ކްލާސްރޫންތައް ހޫނުވެ އާ ދިރާސީ އަހަރަށް ބައެއް ސްކޫލްތަކުން ކްލާސްރޫމްތަކަށް ފަންކާ އާއި އޭސީ ހޯދުމަށް ސްކޫލުތަކުގެ މެނޭޖުމެންޓުން ބެލެނިވެރިންގެ އެހީތެރިކަން އެދިޕައި ވަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް