ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ސަރުކާރުން އިއުލާންކުރި " ކޫލް ސްކޫލް" މަޝްރޫއު މާލެ އަތޮޅު މާފުށީ ސްކޫލުން މިއަދު ވަނީ ފަށާފައެވެ. މާފުށީ ސްކޫލްގެ ހުރިހާ ކްލާސް ރޫމެއް އޭސީކުރަން ނިންމީ އެރަށު ކައުންސިލުންނެވެ. ގާތްގަޑަކަށްް މިލިއަނެއް ހޭދަވާ މި މަސައްކަތުގެ ހުރިހާ ހަރަދެއް ކުރަން ނިންމާފައިވަނީ މާފުށީ ކައުންސިލުންނެވެ.
"ކޫލް ސްކޫލް"ގައި ބްލީއެއް ނުކުރާނެ: ތައުލީމީ ވަޒީރު
މުހައްމަދު އާދަމް އަހްމަދު
02 ޖޫން 2024 - 09:42:38
ސަރުކާރުން ފެށި " ކޫލް ސްކޫލް" ޕްރޮޖެކްޓުން ސްކޫލްތައް ފިނިވުމުން ސްކޫލްތަކުގައި ބްލީކުރުމެއް ނޯންނާނެކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދަޅުވީ ރާއްޖޭގެ ހުރިހާ ސްކޫލެއް 2 އަހަރު ދުވަހުގެ ތެރޭގައި އޭސީކުރުމަށް ސަރުކާރުން އިއުލާންކުރި މަޝްރޫއު މިއަދު ފައްޓަަވާ ދެއްވާ ވާހަކަދައްކަވަމުންނެވެ.
ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ " ކޫލް ސްކޫލް" ޕްރޮޖެކްޓް ފެއްޓިއިރު ހަމައެކަނި ސްކޫލްތައް ފިނިކުރުމުން މިކަން ނިންމާލުމުގެ ވިސްނުމެއް ނެތްކަމަށެވެ. މި މަޝްރޫއާއެކު ސްކޫލްގައި ހިތްތަކަށް ފިނިކަމާއި އުފާވެރިކަން އިހްސާސް ވާނެކަން ފާހަގަކުރެއްވިއެވެ. އަދި ކްލާސްރޫމްތައް ފިނުވުމުން ދަރިވަރުންގެ އުޅުމާއި ސުލޫކަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށާއި ވިޔާނުދާ ކަންތައްތަކުން ދުރުހެލިވެ، ހިތް އުފާވާނެކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ.
" ބްލީއެއް ނުކުރާނެ. ރުޅިވެރިކަމެއް މި ފަދަ މާހައުލެއްގައި ނުއެއް އޮންނާނެ. އަދި މުދައްރިސުންނާއި ސްކޫލް މެނޭޖްމަންޓާއި ބެލެނިވެރިން އެންމެ ގުޅިގެން މި ކުރާ މަސައްކަތުގެ ނަތީޖާއަކަށް ވާންވާނީ .... މުޅި ޖުމްލަކޮށް ކާމިޔާބު އިންސާނުން އުފެއްދުމަށް ލިބެންޖެހޭ ހުރިހާ ތައުލީމަކާއި ތަރުބަވީ ކަންކަމެއް ފުރިހަމަ ވެފައިވާ ވެއްޓަކަށް ސްކޫލް ވެށި ވެގެންދިއުން. އެއީ އަޅުގަނޑުމެންގެ މަފްހޫމުގައި "ކޫލް ސްކޫލް" ޕްރޮޖެކްޓްގެ މާނައަކީ." ޝަފީއު ވިދާޅުވިއެވެ.
’ކޫލް ސްކޫލް‘ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ސަރުކާރާއި ކޮމިޔުނިޓީގެ އެހީތެރިކަމާއެކުކަމަށްް ތައުލީމީ ވުޒާރާއިން ބުނެއެވެ. އެގޮތުން އެންމެ ފުރަތަމަ އޭސީ ކުރެވިގެން މިދިޔައީ މާފުށީ ސްކޫލްކަމަަށާއި އެރަށޫ ކައުންސިލުން ވަނީ މި ޕްރޮޖެކްޓްގެ ފޭސް 1 ގައި ސްކޫލުގެ ހުރިހާ ކްލާސްރޫމްތަކާއި ހޯލް އޭސީ ކުރުމަށް އެހީތެރިކަންދީފައިކަމަށް ތައުލީމީ ވުޒާރާއިން ބުނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް