
މި ބައްދަލުވުން އޮތީ ދުނިޔޭގެ އެކި ގައުމުތަކުގެ ޑިފެންސް މިނިސްޓަރުންނާއި މިލިޓަރީގެ ޗީފުންނަށް ހާއްސަކޮށް ކޮންމެ އަހަރަކު ވެސް ސިންގަޕޫރުގައި ބާއްވާ ޝަންގްރިއްލާ ޑައިލޮގްގެ މިއަހަރުގެ ބައްދަލުވުމުގެ ތެރެއިން ނެވެ.
މި ބައްދަލުވުމުގެ ފޮޓޯ ޑިފެންސް މިނިސްޓްރީން އާންމު ކޮށްފައިވާއިރު، އެ މިނިސްޓްރީން ބުނެފައިވަނީ އެ ބައްދަލުވުމުގައި މެލޭޝިއާ އާއި އެކީ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ސްޓްރެޓެޖިކް ސްޓަޑީސް (އައިއައިއެސް) އިން އިންތިޒާމު ކޮށްގެން ބާއްވާ ޝަންގްރިއްލާ ޑައިލޮގްއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ކުރިއަރަމުން އަންނަ ގައުމުތަކަށް ހާއްސަކޮށް ބާއްވާ ބައްދަލުވުމެކެވެ.
އެ ބައްދަލުވުމަކީ ސަރަހައްދީ ލެވެލްގައި ސެކިއުރިޓީ ބެލަހައްޓާ ޕޮލިސީމޭކަރުން އެއްތަނަކަށް އެއްވެ މަޝްވަރާ ކުރުމެވެ.