ads
ޗައިނާއިން އައި ފަތުރުވެރިންނަށް މަރުހަބާ ކިޔަނީ: އަހަރުގެ މިހާތަނަށް އެ ގައުމުން ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު ވަނީ ލައްކައަކަށް އަރާފައި - ފޮޓޯ:ވިޒިޓް މޯލްޑިވްސް
ޗައިނާ ފަތުރުވެރިންގެ އަދަދު ލައްކައަކަށް
މި އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އެއް ލައްކައަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ޗައިނާގެ 101,202 ފަތުރުވެރިން ރާއްޖެއަށް ވަނީ އައިސްފަ އެވެ.

އިއްޔެ އާ ހަމައަށް ޖުމްލަ 895,764 ފަތުރުވެރިން ރާއްޖެއަށް އައިއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 812,914 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 10.2 އިންސައްތައިގެ ކުރިއެރުމެކެވެ.

ނިމިދިޔަ މަހު ރާއްޖެއަށް 119,875 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިދިޔަ އަހަރުގެ މެއި މަހު 120,959 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މި އަހަރުގެ އެ މުއްދަތުގައި ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 0.9 އިންސައްތަ ދަށެވެ.

އަހަރުގެ މިހާތަނަށް އެވްރެޖުކޮށް ދުވާލަކު 5,855 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފަ އެވެ. މި މުއްދަތުގައި އައި ފަތުރުވެރިން އެވްރެޖުކޮށް 7.8 ދުވަސް ރާއްޖޭގައި ހޭދަކޮށްފައިވެ އެވެ.

އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވާ ގައުމުތަކަކީ:

  • ޗައިނާ - 101,202 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 11.3 އިންސައްތަ)
  • ރަޝިއާ - 90,336 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 10.1 އިންސައްތަ)
  • އިނގިރޭސިވިލާތް - 85,208 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 9.5 އިންސައްތަ)
  • އިޓަލީ - 75,123 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.4 އިންސައްތަ)
  • ޖަރުމަނުވިލާތް - 72,462 ފަތުރުވެރިން (ޖުމްލަ ފަތުރުވެރިންގެ 8.1 އިންސައްތަ)

މި ގައުމުތަކުގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައި ވަނީ އިންޑިއާ، ފްރާންސް، އެމެރިކާ، ސްވިޒަލޭންޑް އަދި ޕޮލެންޑުންނެވެެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތް ދިނުމަށް 1,193 ތަނެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 174 ރިސޯޓާއި 15 ހޮޓަލާއި 855 ގެސްޓްހައުސްގެ އިތުރުން 149 ސަފާރީ ހިމެނެ އެވެ. މި ތަންތަނުން ޖުމްލަ 62,254 އެނދު އޮޕަރޭޓްކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް