ads
ފޮޓޯ: މޯލްޑިވްސް މީޑިއާ ކައުންސިލް
އެމްއެމްސީގެ މެމްބަރުން ނޫސްވެރިން ތަމްރީނު ޕްރޮގްރާމެއްގައި ޕާކިސްތާނަށް
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުންތަކަކާއި އެކީ ބައެއް ނޫސްވެރިން ތަމްރީނު ޕްރޮގްރާމަކަށް ޕާކިސްތާނަށް ފުރައިފި އެވެ.
Advertisement

މި ދަތުރަކީ ދިވެހި ނޫސްވެރިން ތަމްރީން ކުރުމަށް އެމްއެމްސީއިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޕާކިސްތާނުގެ އެމްބަސީ އާއިއެކު ވެފައިވާ މަޝްވަރާތަކުގެ ދަށުން އެ ގައުމުން ދީފައިވާ ފުރުސަތެއް ކަމަށް އެމްއެމްސީން ބުނެ އެވެ.  

މި ތަމްރީންގައި ކައުންސިލްގެ ފަރާތުން ބައިވެރިވަނީ ކައުންސިލްގެ ރައީސް އަހްމަދު މުސްތަފާގެ އިތުރުން މީޑިއާ ތަމްސީލްކުރައްވާ މެންބަރުން ކަމަށްވާ މޫސާ ރަޝީދު، މެންބަރު މުހައްމަދު ސިމާއު އަދި މެންބަރު މުހައްމަދު އަފްރާހް ކަމަށް އެމްއެމްސީން ބުނެއެވެ. މީގެ އިތުރުން މީޑިއާތަކަށް ހުޅުވާލި ފުރުސަތުގައި ނޮމިނޭޓުވެފައިވާ ނޫސްވެރިޔާ، އިބްރާހީމް ސަނީހު ވެސް މި ދަތުރުފުގައި ބައިވެރިވެ އެވެ.

މީގެއިތުރުން، ބްރޯޑްކޮމްގެ ޓީމުގައި އެ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ، ކޮމިޝަނާ އަލީ ޔޫސުފް، ކޮމިޝަނާ އައިމިނަތު ނުޒުހާ ހިމެނެ އެވެ. އެ ކޮމިޝަނުން ބުނީ ބްރޯޑްކޮމްގެ ޓީމު ޕާކިސްތާނަށް ދިޔައީ ފެކްޓް ފައިންޑިން ދަތުރެއްގަ އެވެ.

މި ދަތުރުގައި ތަމްރީނުތަކުގެ އިތުރުން އެ ގައުމުގެ އިންފޮމޭޝަން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރުމާއި މީޑިއާއި ގުޅުންހުރި މުހިންމު ތަންތަނަށް ޒިޔާރަތް ކުރުން ވެސް އޮންނާނެ ކަމަށް އެމްއެމްސީން ބުނެއެވެ. މި ދަތުރުގައި އެމްއެމްސީއާއި ޕާކިސްތާނުގެ މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން އާއި ދެމެދު ފަހުމުނާމާއެއްގައި ސޮއި ކުރުމަށް މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްސީން ވަނީ ބުނެފަ އެވެ.  

އެމްއެމްސީން ބުނީ، އެ ތަމްރީން ޕްރޮގްރާމް ކުރިއަށް ދާނީ މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް