ads
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ސަރުކާރުތައް އެއީ ރައްޔިތުންނަށް ޒަހަރެއްގޮތަށް ސިފަކޮށްފި
އެމްޑީޕީގެ ސަރުކާރުތައް އެއީ ރައްޔިތުންނަށް ޒަހަރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެ އެވެ.
Advertisement

ފަލާހު މިފަދައިން ވިދާޅުވީ އައްޑޫގެ ގުޅިފައިވާ ރަށްތަކަށް ފެނުގެ ހިދުމަތް ލިބުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރަށް ގޮވައިލާ އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލު މިއަދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގަ އެވެ.  

އެމްޑީޕީއަކީ ރައްޔިތުންނަށް ނުރައްކާތެރި ޕާޓީއެއްކަމަށް ސިފަކުރައްވަމުން ފަލާހު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތައް ރައްޔިތުންނަށް ޒަހަރަކަށް ވެފައިވާ ކަމަށެވެ.

ފަލާހު ވިދާޅުވީ އެމްޑީޕީ ސަރުކާރުތަކަށް ދުވަހަކުވެސް އާމްދަނީ ލިބޭނެ ގޮތެއް ނުހޯދާނެ ކަމަށާއި، އަބަދުވެސް ހަރަދުކުރާނީ ކަމަށެވެ.

ނާޒިލު ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ ފެނަކައިގެ މައްސަލަތައް ހާވައި ބަލަން ފަށައިފިނަމަ ކުރީ ސަރުކާރުގައި ފެނަކައިގެ އެމްޑީގެ ގޮތުގައި ހުންނެވި އަހްމަދު ސައީދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާނެ ކަމަށެވެ.  

"މިއިންވެސް މިއަދުގެ ސަރުކާރުގެ އަދި ހާއްސަކޮށް އަޅުގަނޑުމެންގެ ޕާލިމަންޓަރީ ގުރޫޕުގެ އިހުލާސްތެރިކަން ދިވެހިރައްޔިތުންނަށް ވަރަށް ބޮޑަށް ހާމަވެގެންދާނެ.،" ފަލާހު ވިދާޅުވި އެވެ.

20 ވަނަ މަޖިލީހުގައި އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ތިއްބެވީ ނިސްބަތުން މަދު މެންބަރުންތަކެއްކަން ފާހަގަކުރައްވަމުން ފަލާހު ވިދާޅުވީ މެންބަރުންގެ އަދަދު މަދުވި ނަމަވެސް، މަޖިލީހުގެ ކޮމިޓީތައް އެކުލަވައިލީ އެމްޑީޕީން އެދުނު ހުރިހާ ފުރުސަތުތަކެއް އެ ޕާޓީއަށް ފަހިކޮށްދީގެން ކަމަށެވެ. 

މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް، އެމްޑީއޭގެ ދެ މެންބަރުން، އެމްއެންޕީގެ މެންބަރެއް، އެމްޑީޕީގެ 12 މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް