ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން އެންމެ މުހިންމު އަދި އެންމެ ބާރުގަދަ އެއް ކޮމިޓީއަކީ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އެވެ. އެއީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޮމިޓީއެކެވެ.
ސަލާމަތީ ހިދުމަތްތަކާބޭހޭ ކޮމިޓީ ނުވަތަ 241 ކޮމިޓީގެ މުގައްރިރުކަމުގެ މަގާމަށް މެންބަރު އަހުމަދު ސަލީމް އިންތިހާބުކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް ކަނޑައެޅުމާއި ގުޅިގެން މިއަދު އެކޮމިޓީގެ މުގައްރިރު ހޮވަން ބޭއްވި ކޮމިޓީ ފުރަތަމަ ބައްދަލުވުމަށް ހާޒިރުވެ ވޯޓު ދެއްވި މެންބަރުންގެ އިއްތިފާގުންނެވެ.
241 ކޮމިޓީގެ ނައިބު މުގައްރިރުކަމުގެ މަގާމަށް އިންތިހާބު ކުރީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު އެވެ. ފަލާހު އަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އެވެ.
ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ތޭރަ މެންބަރުންނަކީ:
މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތީ ޕީއެންސީއަށެވެ. މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން ޕީއެންސީ ތަމްސީލްކުރައްވާ 75 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ ޖުމްހޫރީ ޕާޓީގެ މެންބަރެއް، އެމްޑީއޭގެ ދެ މެންބަރުން، އެމްއެންޕީގެ މެންބަރެއް، އެމްޑީޕީގެ 12 މެންބަރުން އަދި ޕާޓީއަކަށް ނިސްބަތް ނުވާ ދެ މެންބަރުންނެވެ.