ads
ސްޓެލްކޯގެ ޑިރެކްޓަރުންގެ މެންބަރު ކަމުގެ މަގާމަށް އައްޔަންކުރި މަރްޔަމް ސާޖިދާ - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށް މަރްޔަމް ސާޖިދާ
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑިރެކްޓަރުންގެ މެންބަރު ކަމުގެ މަގާމަށް މަރްޔަމް ސާޖިދާ އައްޔަން ކުރުމާ ގުޅިގެން އެ ކުންފުނިން މަރުހަބާ ކިޔައިފި އެވެ.

ސްޓެލްކޯގެ ބޯޑަށް ނޮން-އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި މަރްޔަމް ސާޖިދާ އައްޔަން ކޮށްފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ސްޓެލްކޯއިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މަރްޔަމް ސާޖިދާ އައްޔަން ކުރުމާ ގުޅިގެން ކުންފުނީގެ ބޯޑާއި އިސްވެރިން އަދި އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ކިޔާފަ އެވެ.

ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑުގައި އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިއްބަވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ އަދި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރެވެ. 

އެ ބޯޑުގައި ދެން ތިއްބަވަނީ ޗެއާމަން މުހައްމަދު ލަތީފުގެ އިތުރުން ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ޔޫސުފް ވަހީދާއި އަހުމަދު ހާޝިމާއި މުހައްމަދު އާމިރު އަދި ކޮމްޕެނީގެ ސެކްރެޓަރީ އުސްތާޒު އަހުމަދު ސަމީހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް