ads
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު: ކުންފުނިތަކުގެ އީއެސްޖީ ރިޕޯޓިން ސުންގަޑި އިތުރުކޮށް، އާ ޓެމްޕްލޭޓެއް ވަނީ އެކުލަވާލާފައި - ފޮޓޯ: އެމްވީ ޕްލަސް
ކުންފުނިތަކުގެ އީއެސްޖީ ރިޕޯޓިން ސުންގަޑި އިތުރުކޮށް، ޕީސީބީން އާ ޓެމްޕްލޭޓެއް
ސަރުކާރު ހިއްސާވާ ކުންފުނިތަކުން އީއެސްޖީ ރިޕޯޓު ތައްޔާރުކޮށް އެ ބޯޑަށް ހުށަހަޅަން ޖެހޭ ސުންގަޑި އިތުުރު ކުރެވިފައިވާ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފި އެވެ.
Advertisement

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނީ ސަސްޓެއިނެބިލިޓީ ރިޕޯޓު ތައްޔާރުކޮށް، އާންމުކޮށް ފެންނަހެން ކުންފުނިތަކުގެ ވެބްސައިޓުގައި އާންމުކުރުމާ އެކު އެ ބޯޑާ ހިއްސާ ކުރުމަށް ކަނޑައަޅާފައިވާ ސުންގަޑި މި އަހަރު އިތުރުކުރެވިފައިވާ ކަމަށެވެ. އެގޮތުން 2023 ވަނަ އަހަރުގެ ސަސްޓެއިނެބިލިޓީ ރިޕޯޓު ތައްޔާރުކޮށް އަންނަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން އާންމުކޮށް ފެންނަހެން ކުންފުނިތަކުގެ ވެބްސައިޓުގައި އާންމުކުރުމާ އެކު ރިޕޯޓުގެ ކޮޕީއެއް އެ ބޯޑާ ހިއްސާ ކުރުމަށް ޕީސީބީން ވަނީ އެދިފަ އެވެ.

ޕީސީބީން ބުނެފައި ވަނީ މި އަހަރުގެ ސަސްޓެއިނެބިލިޓީ ރިޕޯޓު ތައްޔާރުކޮށް އާންމުކުރަން ވާނީ އެ ބޯޑުގެ ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތަށް ޖެހިގެން އަންނަ އަހަރުގެ މެއި 31 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ބޯޑާއި އޮޑިޓަ ޖެނެރަލް އޮފީހާ ގުޅިގެން ސަސްޓެއިނެބިލިޓީ ރިޕޯޓިން ޓެމްޕްލޭޓެއް އެކުލަވާލާފައިވާކަން ފާހަގަކޮށް ޕީސީބީން ބުނި ގޮތުގައި ކޯޕަރޭޓް ގަވެނަންސް ކޯޑަށް އަމަލުކުރުން ލާޒިމުވާ ހުރިހާ ކުންފުންޏަކުން މި ޓެމްޕްލޭޓަށް އަމަލުކުރަން ވާނެ ކަމުގަ އެވެ.

ސަސްޓެއިނެބިލިޓީ ރިޕޯޓިން ޓެމްޕްލޭޓަށް އަމަލުކުރުމުގައި ކުންފުނިތަކުގެ ސަސްޓެއިނެބިލިޓީ ޓާގެޓުތައް ކަނޑައެޅުމުގައި 2024 ވަނަ އަހަރުގެ ޓާގެޓުތައް ކަނޑައަޅާނީ ކުންފުނިން ރިޕޯޓު ތައްޔާރުކުރާއިރު 2024 ވަނަ އަހަރުގެ ބާކީ އޮންނަ މުއްދަތަށް ކަމަށް ޕީސީބީން ބުނެ އެވެ. އެ ބޯޑުން ބުނީ އެގޮތަށް ޓާގެޓުތައް ކަނޑައެޅި ނަމަވެސް، ވިދިގެން އަންނަ އަހަރުތަކަށް ޖުމްލަކޮށް ޓާގެޓުތައް ކަނޑައަޅަން ވާނެ ކަމަށެވެ.

ޓެމްޕްލޭޓް ސާކިއުލޭޓް ކުރިއިރު، 2023 ވަނަ އަހަރުގެ ސަސްޓެއިނެބިލިޓީ ރިޕޯޓު ތައްޔާރުކޮށްފައިވާ ކުންފުނިތަކުން، މި އަހަރު މި ޓެމްޕްލޭޓަށް އަމަލުކުރަން ނުޖެހުނު ނަމަވެސް 2024 ވަނަ އަހަރުގެ ރިޕޯޓު ތައްޔާރުކުރާއިރު ޓެމްޕްލޭޓުގައިވާ ބައިތައް ހިމަނަންވާނެ ކަމަށް ވެސް ޕީސީބީން ވަނީ ބުނެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް