ads
ބިދޭސީން ގެނައުމަށް ދޫކުރާ ހުއްދަތައް ދިނުން ލަސްވެދާނެ
ބިދޭސީން ގެނައުމަށް ދޫކުރާ ހުއްދަތައް ފޯރުކޮށްދިނުމުގައި ލަސްތަކެއް އަތުވެދާނެކަމަށް ދާހިލީ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ގެނައުމާއިގުޅޭ އުސޫލުތައް މުރަޖައާކުރުމާއި، އަދި މިހާރު ޢަމަލުކުރަމުންދާ ނިޒާމްގައި ހުރި މައްސަލަތައް ދެނެގަނެ، ރައްޔިތުންނާއި ގާތުން ފަސޭހަ އަދި އަވަސް ހިދުމަތްތަކެއް ފޯރުކޮށްދެވޭނެ، ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި މި މަސައްކަތުގެ ތެރެއިން ހިދުމަތް ލިބިގަންނަ ފަރާތްތައް ޖަވާބުދާރީ ކުރެވޭނޭ ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްް ދާހިލީ ވުޒާރާއިން ބުނެއެވެ. 

އެހެންކަމުން އެ މަސައްކަތްތަކުގެ ސަބަބުން ރާއްޖޭގައި މަސައްކަތްކުރުމަށް ބިދޭސީން ގެނައުމަށް އެދޭ ހުއްދަތަކުގެ ތެރެއިން ދޫކުރެވޭ ކޯޓާ، ވަރކް ޕަރމިޓް، ޑިޕޮޒިޓް ރީފަންޑް އަދި މި ނޫންވެސް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާންމު ގޮތެއްގައި ހިދުމަތް ދެވޭ މުއްދަތަށްވުރެ ލަސްވުމަކީ އެކަށީގެންވާކަމެއްކަމަށް ދާހިލީ ވުޒާރާއިން ބުނެއެވެ. 

އަދި މިކަމުގެ ސަބަބުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ކުރިމަތިވާ ދަތިތަކަށް ނިހާޔަތަށް މައާފަށްް އެދޭކަމަށާއި ބިދޭސީ މަސައްކަތްތެރިންނާއި ގުޅިގެން މިނިސްޓްރީއަށް އެދިފައިވާ ހިދުމަތްތައް ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާކަމަަށްވެސް ދާހިލީ ވުޒާރާއިން ބުނެއެވެ. 

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެންނައި ބައެއް ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ 1.7 ބިލިއަން ރުފިޔާ ނުލިބި އެބައޮތްކަމަށް ދާހިލީ ވުޒާރާއިން ރޭ ވަނީ ބުނެފައެވެ. އަދި މި ފައިސާ މި މަހުގެ 18ގެ ކުރިން ދެއްކުމަށާއި ފައިސާ ނުދައްކާ ފަރާތްތަކުގައި ނަންތައް އާއްމުކޮށް އެމީހުންނަށް ދީފައިވާ ހުއްދަތައް ބާތިލުކުރާނެކަމުގެ އިންޒާރުވެސް ދާހިލީ ވުޒާރާއިން ވަނީ ދީފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް