ads
ޖޯޝް ގޮތެއިމާ؛ ފޮޓޯ އެންޖޭ ސްޕޮޓް ލައިޓް ނިއުސް
އިޒްރޭލު މައްސަލާގައި އެމެރިކާއިން ރާއްޖެއަށް ދޭ އެހީ ކަނޑާލަނީ
އިޒްރޭލު ޕާސްޕޯޓް މަނާކޮށް އެގައުމުގެ ރައްޔިތުން ރާއްޖެ އެތެރެކުރުން މަނާކުރާނަމަ އެމެރިކާއިން ރާއްޖެއަށް ދެމުން އަންނަ އެހީތައް އެއްކޮށް ކަނޑާލުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ބިލެއް ހުށަހަޅަން ނިންމައިފިއެވެ.

މި ބިލު އެމެރިކާގެ ގާނޫނު ހަދާ މަޖލީހަށް ހުށައަޅަން ނިންމީ އިޒްރާއީލްގެ ދިފާއުގައި އެންމެ ވަރުގަދައަށް އަޑުއުފުލާ ކޮންގްރެސްގެ މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތެއިމާކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެއެވެ.

އޭނާ ހުށައަޅާ ބިލަށް ދީފައިވާ ނަމަކީ ރަހުމަތްތެރި ގައުމުތަކުގެ ރައްޔިތުން ދަތުރުފަތުރުކުރުން ހިމާޔަތް ކުރުމުގެ ބިލް ނުވަތަ "ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތް)" މި ބިލު އޭނާ ހުށައަޅަނީ ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންގެ ތާއީދާވެސް އެކުގައެވެ. 

މި ބިލުގައި ބުނެފައިވަނީ ރާއްޖެއަށް އެމެރިކާއިން ދޭ އެއްވެސް އެހީއެއް ދޭން ޖެހޭނީ އިޒްރާއީލު ރައްޔިތުން ރާއްޖެ އެތެރެވާން ހުއްދަ ދިނުމަށް ޝަރުތުކޮށްފައިކަމަށެވެ. އަދި އިޒްރާއިލް ޕާސްޕޯޓް ބޭންކުރާނަމަ އެމެރިކާއިން ރާއްޖެއަށް އެއްވެސް އެހީއެއް ނުދިނުމަށްވެސް އެ ބިލުގައި ހިމަނާފައިވެއެވެ. 

އެމެރިކާއިން ދޭ އެހީ ހުއްޓާލަން ބިލެއް އެ ގައުމުގެ މަޖިލީހަށް މި ހުށައަޅަނީ ރާއްޖެއަށް ދޭ އެހީތައް އިތުރުކުރުމަށް އެމެރިކާއިން ދާދި ފަހުން ނިންމާފައިވާ ދަނޑިވަޅެެއްގައެވެ.


އިޒްރޭލު ޕާސްޕޯޓުގައި މީހުން ރާއްޖެ އެތެރެވުން މަނާކުރަން ގާނޫނޫ އިސްލާހުކުރަން ސަރުކާރުން ނިންމާ އެކަން އިއުލާންކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. މި މަސައްކަތް

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް