ތޮއްޑޫގައި ބަޔަކު މުޒާހަރާކުރަމުން ދަނީ ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާކަމަށް ބުނެއެވެ.
މުޒާހަރާކުރާ މީހުން ކައުންސިލް އިދާރާގެ ކުރިމައްޗަށްް އެއްވެ އާއްމު މަސްލަހަތު ނަގާލަން މަސައްކަތް ކުރާތީ އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް އެ އިދާރާއިން ބުނެއެވެ.
ފުލުހުން ބުނީ މިއަދު 1:00 ފެށިގެން މުޒާހަރާ ކުރަމުންދާ ބައެއް މީހުން ކައުންސިލް ފުރާޅަށް ގާ އުކާ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރާތީ އެކަން ނުކުރުމަށް ތަކުރާރުކޮށް އެންގިކަމަށެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހަކަށް އަނިޔާވެ އެ ފުލުސް މީހާއަށް ފަރުވާދެމުން އަންނަކަމަށްވެސް ފުލުހުން ބުނެއެވެ.