ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރީ 36 ދިވެހި ފިރިހެނެއް ކަމަށެވެ. އަދި މީނާގެ ބަންދަށް ކްރިމިނަލްކޯޓުން 30 ދުވަސް ޖަހާދީފައިވާކަމަށެވެ.
ރައްޔިތުން މަޖިލިސް ކުރިމަތިން އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލްތަކެއްގައި ރޯކޮށްލީ މިދިޔަ އަންގާރަ ދުވަހުއެވެ.
އަލިފާން ރޯކޮށްލުމުގެ ސަބަބުން ހަތް ސައިކަލަކަަށް ގެއްލުން ލިބިފައިވާކަމަށާއި މީގެތެރެއިން 3 ސައިކަލް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން އެދުވަހު ވިދާޅުވީ ސައިކަލްތަކުގައި އަލިފާން ރޯކޮށްލި މީހުން ދެނެގަަނެވިފައިވާކަމަށެވެ. އަދި އެމީހުން ހައްޔަރުކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުން އަންނަކަމަށްވެސް އަންގާރަ ދުވަހު ޝިފާން ވިދާޅުވިއެވެ.