އެ އިދާރާއިން އާއްމުކުރި ތަފާސްް ހިސާބުތައް ދައްކާގޮތުން މިދިޔަ މޭމަހު ޒަކާތު ފަންޑުން އެހީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ ވަނީ ހަމަޖައްސާދީފައެވެ. މީ އޭގެ ކުރީ އޭޕްރިލް މަހަށްވުރެ އިތުރު އަދަދެކެވެ. އޭޕްރިލް މަހު ޒަކާތު ފަނޑުން ދިން އެހީގެ ޖުމްލައަކީ 1.5 މިލިއަނެވެ.
ފަގީރުންނާއި މިސްކީނުންގެ ތެރެއިން 180 މީހަކަށް ބޭސްފަރުވާއަށް ޒަކާތު ފައިސާއިން މިދިޔަ މަހުގެ އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ޒަކާތު ހައުސްއިން ބުނެއެވެ. އޭގެ ކުރީ އޭޕްރިލްމަހު އެހީ ދީފައިވަނީ 168 މީހުންނަށެވެ.
މިދިޔަ މަހުވެސް ޒަކާތު ހައުސްއިން އެންމެ ގިނަ މީހުން އެހީ ހޯދާފައިވަނީ ކެންސަރުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނެވެ. ކެންސަރު ބަލީގެ މީހުންގެ ފަރުވާއަށް ޒަކާތުން ވަނީ 454،574.50 ރުފިޔާ ދޫކޮށްފައެވެ. އޭޕްރިލްމަހު ކެންސަރު ބަލީގެ މީހުންނަށް ޒަކާތު ފަންޑުން ހޭދަކުރީ 373،175 ރުފިޔާއެވެ.
ކެންސަރުގެ އިތުރުން ދެން އެންމެ ގިނަ މޭމަހު ފައިސާ ދޫކޮށްފައިވަނީ ކިޑްނީގެ ބަލިތަކުގެ މީހުންނަށެވެ. ކިޑްނީގެ ބަލިތަކަށް 89،050.00 ރުފިޔާ ވަނީ ޒަކާތުން މިދިޔަ މަހު ހޭދަކޮށްފައެވެ.
ޒަކާތުން ދެން އެހީ ހޯދައިވާ ބަލިތަކާއި ހޭދަވި އަދަދު
- ހިތުގެ އޮޕަރޭޝަނަށް -/67،848.00 ރުފިޔާ
- ސިކުނޑީގެ އޮޕަރޭޝަނަށްް /-72،088.50 ރުފިޔާ
- އެހެނިހެން /-619،113.00 ރުފިޔާ
މި ހަރަދުތަކުގެ އިތުރުން ދެން ޒަކާތު ފަންޑުން ހަރަދު ހިނގާފައިވަނީ އެ ހައުސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ. ޒަކާތުގެ ހައުސް މުވައްޒަފުންގެ މުސާރައަށް -/262،2666.50 ރުފިޔާ ދޫކޮށްފައިވެއެވެ.
ޒަކާތުގެ އެންމެ ހައްގުވެރިންނަށް ހައްގު ގޮތުގައި ޒަކާތުގެ ނަފާ ލިބިދެވޭނެ މަގު ހަމަޖެއްސުމަށްޓަކައި ޒަކާތު ހައުސްގެ ނަމުގައި "ޒަކާތުގެ ހައުސް" ގެ އިދާރާއެއް އުފެއްދެވީ މިއަހަރުގެ 2 ވަނަދުވަހުއެވެ.