ads
ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީގެ މަގާމަށް އައްޔަންކުރި ހިންނާ ހާލިދު
ހޯމް މިނިސްޓްރީގެ ޕީއެސްއަށް ހިންނާ ހާލިދު
ހޯމް މިނިސްޓްރީގެ ޕާމަނެންޓް ސެކެރެޓަރީގެ މަގާމަށް ހިންނާ ހާލިދު އައްޔަންކޮށްފިއެވެ.

އޭނާ އެ މަގާމަށް އައްޔަންކުރިކަމުގެ ލިޔުން މިއަދު ސިވިލް ސާވިސް ކޮމިޝަން ވަނީ ހަވާލުކޮށްފައެވެ. 

ހިންނާއަކީ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ކަމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމުގައި ފުރަމުން އަންނަ ހައްވާ ޝިއުނާ ހާލިދު ދައްތައެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަދި އެ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ހިންނާ ހާލިދު ހުރުމަށްފަހު މިިދިޔަ ރިޔާސީ އިންތިހާބު ވަރަށް ގާތްވެފައިވަނިކޮށް އޭނާވަނީ ޖޭޕީން ވަކިވެ އެމްޑީޕީއާ ގުޅިފައެވެ. 

މީގެ ކުރިން ހިންނާ ވަނީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމުވެސް އަދާކޮށްފައެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާގެ މަގާމުވެސް ހިންނާ ވަނީ އަދާކޮށްފައެވެ. 

ސިޓީ ކައުންސިލްގެ އިސްވެރިޔާގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އިތުރު ގަޑީގެ ފައިސާ ހޯދި މައްސަލައެއް ސާބިތުވެ ސިވިލްކޯޓުން ވަނީ ގޭ ބަންދުގެ ހުކުމެއް އިއްވާފައެވެ. 6 މަސްދުވަހަށް ގޭ ބަންދަށް އިއްވި ހުކުމް ފަހުން ވަނީ ހައިކޯޓުން ބާތިލުކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް