
އެ އިދާރާއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ދެ މަހު ވައިގެމަގުން އެންމެ ގިނައިން އެތެރެކުރަން އުޅުނީ ސިންތެޓިކް ޑްރަގްސްއެވެ.
ކަސްޓަމްސްްގެ ހިސާބުން ދައްކަނީ އޭޕްރިލްމަހު 180 ގްރާމް ސިންތެޓިކް ކެތިނޯން އެތެރެކުރަން އުޅުނުއިރު މިިދިޔަ މަހު ހަމަ މިބާވަތުގެ ޑްރަގްސްގެ އެއް ކިލޯ 690 ގްރާމު އެތެރެކުރަން މަސައްކަތް ކޮށްފައިވާކަމަށެވެ.
މިދިޔަ ދެ މަހު ވައިގެ މަގުން ދެން އެންމެ ގިނައިން އެތެރެކުރަން އުޅުނީ ކޮކެއިންއެވެ. މިދިޔަ އޭޕްރިލްމަހު ގެ 2 ވަނަދުވަހު 5 ކިލޯ 670 ގްރާމުގެ ކޮކެއިން އެތެރެކުރަން އުޅެނިކޮށް ކަސްޓަމުން ވަނީ ހިފަހައްޓާފައެވެ. ކަސްޓަމްސްއިން ވަނީ މެއި 25ގައި ރާއްޖެ އެތެރެކުރަން އުޅުނު ހެރޮއިންގެ 300 ގްރާމު ވެސް ހިފަހައްޓާފައެވެ.
ކަސްޓަމްސްއިން ބުނީ މިތަކެތީގެ މަގުމަތީ 17.7 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.
ނިމުނު 6 މަސްދުވަސްތެރޭ ރާއްޖެއަށް އެތެރެކުރަން އުޅުނު 100 މިލިއަން ރުފިޔާގެ މަސްތުތާކެތި އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކޮށްފި އެވެ.
ކަސްޓަމްސްއިން ބުނީ، މިދިޔަ ނޮވެމްބަރުމަހުގެ 17ވަނަ ދުވަހުން ފެށިގެން މިމަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް 100 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާއިރު، އެއީ 51 ކިލޯގެ މަސްތުވާތަކެތި ކަމަށެވެ.