ads
ގާޒާގެ ދިފާއުގައި އދ ގައި ނެގުނު ވޯޓުގެ ތެރެއިން
"ފަލަސްތީނަށް ދައުލަތެއްގެ ބާރުދިނުމަށް އދ އަށް އޮތް ވަގުތު އަންނަނީ ފާއިތުވަމުން"
ފަލަސްތީން މިނިވަންކޮށް ދައުލަތެއްގެ ބާރުދިނުމަށް އދ އިން މަސައްކަތް ފަށަންޖެހިފައި އޮތް ވަގުތު ފާއިތުވަމުންދާ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެ އެވެ.
Advertisement

ޕޫޓިން ވިދާޅުވި ގާޒާގެ ހަމަލާތައް ދާއިމީ ގޮތެއްގައި ހުއްޓުމަކަށް ގެނެވޭނެ ސާފު އެއްބަސްވުމެއް ތައްޔާރު ކުރެވޭނީ އދ އަށް ކަމަށާއި އެމެރިކާ އަދި އިޒްރޭލުން ބޭނުންވަނީ ނުނިމޭ ސުލްހައިގެ ވާހަކަތައް ދިގުދަންމައި ފަލަސްތީނުގެ ނަސްލު ނައްތާލަން ކަމަށެވެ.

ޕޫޓިން ވިދާޅުވީ ފަލަސްތީނަށް މިނިވަން ދައުލަތެއް ހޯދައިދިނުމުގައި ރަޝިއާގެ އިހުތިޔާރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ. އަދި ވިދާޅުވީ ފަލަސްތީންގެ މިނިވަން ދައުލަތަކަށް ރަޝިއާ ތާއީދުކުރުމުގެ އިތުރުން އަމިއްލަ ހައިސިއްޔަތުން ވަކާލާތުވެސް ކުރައްވާނެ ކަމަށެވެ. 

"ފަލަސްތީނަށް ހަނޑުލާއި ހަކުރު އަދި ފުއް ބަސްތާތަކެއް ދިނުމަކުން ފަލަސްތީނު މިނިވަންވެ ހަނގުރާމައިގެ މައިދާން ނިމުނީއެއް ނޫން.." ފަލަސްތީން މިނިވަންކޮށް ދައުލަތެއްގެ ބާރުދިނުމަށް އދ އިން މަސައްކަތް ފަށަންޖެހިފައި އޮތް ވަގުތު ފާއިތުވަމުންދާ ކަމުގެ އިންޒާރު ދެމުން ވްލަޑިމިއާ ޕޫޓިން ވިދާޅުވި އެވެ.

އިޒްރޭލުން ހަނގުރާމައިގެ ކުށްތަކެއް ހިންގާފައިވާކަން ސާފު ނުވާކަމަށް މިފަހުން ބައިޑަން ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ ޕޫޓިން ވިދާޅުވީ އެމެރިކާއަށް ސުލްހައަށް ނުވާ ކަމެއްގައި ސުލްހަ ނޯންނެ ކަމަށާއި އެމެރިކާ ފިޔަވައި ހަނގުރާމައަށް ލޯބިކުރާ ބަޔަކު ދުނިޔޭގައި ނެތް ކަމަށެވެ. 

"ގާޒާގައި މިހާރު އެ ހިންގަނީ ހަނގުރާމައެއް ނޫން، އެއީ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމެއް.." ފަލަސްތީން މުސްލިމުންގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން ވިދާޅުވި އެވެ.

ހަމާސް އާއި އިޒްރޭލު އެއްބަސްވުމަކަށް ގެނެސް، މިހާތަނަށް 37،300 މީހަކު ޝަހީދުވެފައިވާ ހަމަލާތައް ހުއްޓުމަކަށް ގެންނަން ގަތަރާއި އެމެރިކާ އާއި މިސްރުން އެތައް މަސައްކަތެއް ވަނީ މިހާތަނަށް ކޮށްފަ އެވެ. ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ އިތުރުން ހަމާސް އިން ރަހީނުކޮށްފައިވާ އިޒްރޭލު މީހުން މިނިވަންކުރުން ވެސް މި މަޝްވަރާގެ ތެރޭގައި ހިމެނެ އެވެ. ނަމަވެސް މިކަމުގައި ކޮޅެއް މެދެއް ނުފެނި ހަނގުރާމަ އަންނަނީ ފުޅާވަމުން ނެވެ. 

your imageއިސްރާއީލުން ގާޒާގެ ރަފަހަށް ދިން ހަމަލާއެއްގައި ސުންނާފަތިވެފައިވާ އިމާރާތެއް - ފޮޓޯ:އަލް ޖަޒީރާ

އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނީ އިސްރާއީލުގެ ހުރިހާ މަގްސަދުތަކެއް ހާސިލުވަންދެން ހަނގުރާމަ ހުއްޓައިނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. ހަމާސް އިން ބުނަނީ ހަމަލާތައް ދާއިމީކޮށް ހުއްޓުމަކަށް ގެނެސް އިޒްރޭލު ސިފައިން ގާޒާއިން އެއްކޮށް ފައިބަން ނޫން ގޮތަކަށް ހަމާސް އިން އެއްބަސްނުވާނެކަން މިހާރު ވެސް ވާނީ މެދުވެރިންނަށް އަންގާފައި ކަމަށެވެ

ޕޫޓިން ވިދާޅުވީ ގާޒާ ހަނގުރާމަ ނުހުއްޓިގެން އެ އުޅެނީ އެމެރިކާގެ ސަބަބުން ކަމަށެވެ. ދުނިޔޭގެ ސިޔާސަތުގައި އެމެރިކާ އޮތީ ބޮޑު ފޭލިވުމަކުން ފޭލިވެފައި ކަމަށްވެސް ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް