ads
އިސްރާއީލުން މިއަދު ސަލާމްކުރި 4 އަސީރުންގެ ތެރެއިން އެކަކު
ހަމާސް އަތްދަށުވި އިޒްރޭލުގެ ހަތަރު ޔަހޫދީން މިނިވަންކޮށްފި
ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިޒްރޭލުގެ ޔަހޫދީން މިނިވަންކުރުމުމަށް ޔަހޫދީ ސިފައިން ހިންގި ބޮޑު އޮޕަރޭޝަނެއްގައި ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ހަތަރު ޔަހޫދީން ދިރިތިއްބާ މިނިވަންކޮށްފި އެވެ.

ފަލަސްތީނުގެ ގާޒާގެ "ނުސީރަތް" ކޭމްޕްގައި ހިންގި މި ހަމަލާ ބަދަލުކުރުމުގެ ތެރެއިން އިޒްރޭލު ސިފައިން މިނިވަން ކުރީ ތިން ފިރިހެނަކާއި އަންހެނެކެވެ. މި މީހުންނަކީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ރީމް ކައިރީގައި ބޭއްވި ސުޕަނޯވާ މިއުޒިކް ފެސްޓިވަލްއިން ހަމާސްގެ ބެލުމުގެ ދަށަށް ގެނެވުނު ބައެކެވެ. އެއީ އުމުރުން 26 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހަކާއި 41 އަހަރުގެ މީހެކެވެ. 

އިޒްރޭލްގައި ދިރިއުޅެމުންދާ އެހެން ގައުމުތަކުގެ މީހުން ވެސް ހަމާސްއިން އެދުވަހު އަތުލައިގަތެވެ. އެކަމަކު އެއީ ކިހާ އަދަދެއް ކަމެއް ހަމާސްއިން ހާމައެއް ނުކުރެ އެވެ. އިޒްރޭލުގެ ސަރުކާރުން ބުނާ ގޮތުގައި އެ ގައުމުގެ 200 އަށް ވުރެ ގިނަ މީހުން ހަމާސްއިން ވަނީ އަތުލައި ގަނެފަ އެވެ.  

ގާޒާގައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނި ގޮތުގައި ނުސީރަތު ރެފިއުޖީ ކޭމްޕުގައި އިސްރާއީލުން މިއަދު ހިންގި ލޭއޮހޮރުވުމުގެ ސަބަބުން ފަލަސްތީނުގެ 240 މީހުން ޝަހީދުވެ، 500 އަށް ވުރެ ގިނަ މީހުން ޒަހަމްވި އެވެ. އަދި އޮޕަރޭޝަންގައި އިސްރާއިލުގެ ފުލުހުންގެ އިސް ކޮމާންޑަރަކު ވެސް ވަނީ މަރުވެފަ އެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އިޒްރޭލުގެ ޖަމާއަތަކުން ވެސް ވަނީ މި ހަމަލާ އަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށް ބުނެފަ އެވެ.

your imageއިސްރާއީލުން ނުސީރާތަށް މިއަދު ދިން ހަމަލާގައި އަނިޔާވި ދުވަސްވީ މީހަކަށް އެހީވަނީ

އިސްރާއިލުގެ އަސްކަރިއްޔާއިން ބުނީ ކައުންޓާ ޓެރަރިޒަމް ޔުނިޓްގެ ކޮމާންޑަރު އާނޮން ޒަމޯރާ މަރާލާފައިވަނީ މިއަދު ހެނދުނު އަސީރުން ސަލާމަތް ކުރުމަށް ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

އަދި ބުނީ މި އޮޕަރޭޝަނުގައި ޒަމޯރާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށާއި ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް ފަހުން އޭނާ މަރުވެފައިވާ ކަމަށެވެ.

މި އޮޕަރޭޝަނާއި ގުޅިގެން އިސްރޭލު ހަރުކަށި ބޮޑުވަޒީރު ނަތަންޔަހޫ ބުނީ އަހަރެމެންގެ ރަހީނުން މިނިވަންކޮށް ހަމާސް އަތްދަށުލި އެންމެން އެނބުރި ގައުމަށް ނުގެނެވޭހާ ހިނދަކު އިސްރާއީލު ނުހުއްޓޭނެ ކަމަށެވެ. އަދި ހަމާސް ގެ ބާރު މުޅި ގާޒާއިން ފޮހެލާނެ ކަމުގެ ވައުދު މިއަދު ވެސް އޭނާ ތަކުރާރުކުރި އެވެ.

ރައްދުގައި ހަމާސް އިން ބުނީ ޔަހޫދީންގެ ގައިރު ގާނޫނީ ދައުލަތް އިސްރާއީލްގެ އަނިޔާވެރި ޔަހޫދީންނަށް ދުނިޔޭގައި ވާހައި މޮޅު ހަތިޔާރާއި އަސްކަރީ ތަމްރީން ބޭނުން ކޮށްގެން ވެސް އަށް މަސް ދުވަހުން ސަލާމަތް ކުރެވުނީ އެންމެ ހަތަރު އަސީރުން ކަމަށާއި މިއީ ޔަހޫދީންގެ އަނިޔާވެރި އަސްކަރިއްޔާ އަށް ލިބުން ކާމިޔާބީ އެއް ނޫން ކަމަށެވެ.

"އިޒްރޭލުގެ އިސްތިއުމާރީ ބާރުން ނުސައިރާތު ކޭމްޕުގައި ހިންގި ގަތުލުއާންމުގައި 210 މީހަކު ޝަހީދުވެ 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި، ދުޝްމަނުންގެ ކުރިމަތީގައި އަހަރެމެންގެ ހައްގުތައް ހޯދަން ކުރާ މަސައްކަތް ދާނީ ކުރިއަށް، އެމެރިކާ އަކީ އަޑި ނުބައި ގައުމެއް، އަސީރުން މިނިވަން ކުރަން ހިންގި އަސްކަރީ ހަރަކާތުގައި އެމެރިކާ އިން ޖާސޫސީ މައުލޫމާތު ދިން.." ހަމާސް އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އަސީރުން ދޫކޮށްލުމަށް ހާމާސްއިން އިޒްރާއީލަށް ކުރާ އެންމެ ބޮޑު ޝަރުތަކީ އިޒްރޭލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީން މިނިވަން ކުރުމެވެ. ނަމަވެސް ހަނގުރާމަ ހުއްޓާލުމުގެ ބައެއް މަޝްވަރާތަކުގެ ތެރެއިން އަސީރުން މިނިވަންކުރުމުގެ ބުރުތަކެއް މިފަހުން ކުރިއަށް ދިޔައެވެ. ނަމަވެސް މަޝްވަރާތަކުގެ ނަތީޖާ ހާސިލުނުވެ ދެ ފަރާތުން ބަދަލުކުރަންފެށި ހަމަލާތާކާއެކު އަސީރުން ބަދަލުކުރުންވެސް ވަނީ ހުއްޓިފަ އެވެ. 

އިޒްރޭލުން އަންނަނީ ގާޒާގެ ރެފިއުޖީ ކޭމްޕުތަކަށް އަމާޒުކޮށް ގިނަ ހަމަލާތައް ދެމުންނެވެ. މިގޮތުން "ސޭފް ޒޯން" ކަމަށް އިޒްރޭލުން ކަނޑައަޅާފައިވާ ރަފަހުއަށް ވެސް މިފަހުން ހަމަލާދީ ގިނަ ބަޔަކު ވަނީ ޝަހީދުކޮށްލައިފަ އެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 38،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. އޭގެ ތެރޭގައި ގިނައިން ހިމެނެނީ ކުޑަކުދިންނާއި އަންހެނުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް