ފަސްޓްްލޭޑީ ސާޖިދާގެ ދޮންބައްޕަ އަވަހާރަވުމަކީ ލިބުނު ހިތާމައެއް: ޕީޕީއެމް/ ޕިޢެންސީ
މުހައްމަދު އާދަމް އަހްމަދު
09 ޖޫން 2024 - 11:38:13
ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހިމް އަވަހާރަވުމުން ވެރިކަންކުރާ ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ތައުޒިޔާ ކިޔައިފިއެވެ.
ޕީޕީއެމް/ޕީއެންސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ފަސްޓްލޭޑީ ސާޖިދާގެ ބައްޕާޕުޅު މަޤާމުގައި ހުންނެވި އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވި ހަބަރު އެ ކޯލިޝަންގެ އެންމެހާ މެމްބަރުންވެސް އެހީ ވަރަށް ފުން ހިތަމާއާ އަސަރާއެކު ކަމަށެވެ. އަދި އެއީ އެ ކޯލިޝަނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތާމައެއްކަމަށްވެސް ޕީޕީއެމް / ޕީއެންސީ ބަޔާނުގައިވެއެވެ.
ރއީސް އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ބައްޕާފުޅުގެ މަގާމުގައި ހުންނެވި ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު، އުމުރުފުޅަކީ 78 އަހަރެވެ.
ރައީސް މުއިއްޒު ވަނީ މި ޖަނާޒާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވެޑައިގަތުމަށް އެދިފައެވެ.
އަލީ އިބްރާހިމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދި މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް