ads
ރައީސް ސޯލިހް، އެމްޑީޕީގެ އިސްވެރީންނާއި ބައްދަލު ކުރައްވަނީ
ތަފްސީލެއް ނެތް ؛ އިބޫ އެމްޑީޕީގެ އިސްވެރިންނާއި ބައްދަލުކުރައްވައިފި
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް(އިބޫ)، އެމްޑީޕީގެ އިސްވެރީންނާއި މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީން ބުނީ ސޯލިހު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި އަންހެނުންގެ ރޫހުގެ މެމްބަރުންނާ މިއަދު ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ނަމަވެސް އެ ބައްދަލްވުމުގެ ތަފްސީލެއް އިދިކޮޅު ޕާޓީން މިވަގުތަށް ހާމަކޮށްފައެއް ނުވެ އެވެ.

އެމްޑީޕީން މިވަގުތު އެންމެ އިސްކޮށް ކުރަމުންދާ އެއް މަސައްކަތަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުންނާއި އަދި މިފަހުން ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުން އެމްޑީޕީ އަށް ބޮޑު ބަައްޔަކާ ކުރިމަތިލާން ޖެހުނު ސަބަބުން ބަލައި އެކަން ދަނެގަތުމެވެ.

ނިމިގެންދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް ލިބިފައި ވަނީ 93 ގޮނޑީގެ ތެރެއިން އެންމެ 12 ގޮނޑި އެވެ.

 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް