ads
ވައުދުވި ގޮތަށް ކުޑޫ ކެމްޕެއިން ފަންޑްގެ ފައިސާ ޓައިނީ ހާޓްސް އަށް ހަދިޔާކޮށްފި-- ފޮޓޯ: މުހައްމަދު އިބްރާހިމް
މެންބަރު ކުޑޫގެ ކެމްޕެއިނުން ބާކީވި ފައިސާ ޓައިނީ ހާޓްސްއަށް ހަދިޔާކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މަޖިލިސް ކެމްޕެއިނަށް ހޯއްދެވި ފައިސާއިން ބާކީވި ފައިސާ، ޓައިނީ ހާޓްސް ޖަމިއްޔާއަށް ހަދިޔާކުރައްވައިފި އެވެ.

އިންތިހާބު ނިމުމުގެ ކުރިން އޭނާ ވެލެއްވި އެއް ވައުދަކީ ކެމްޕޭނަށް ލިބޭ ފައިސާގެ ބާކީ ހުރި ނަމަ ހަދިޔާކުރައްވާނެ ކަމަށެވެ. އެގޮތުން ޓައިނީ ހާޓްސްއަށް 19888ރ ދެއްވި އެވެ. މިއީ އިންތިހާބެއްގައި ވާދަކުރެއްވި ބޭފުޅަކު ކެމްޕޭންގެ ބާކީ ފައިސާ މި ގޮތަށް ހަދިޔާކުރެއްވި ފުރަތަމަ ފަހަރެވެ.

އޭނާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ވައުދު ފުއްދަވައި، ކެމްޕެއިނަށް ކުރި ހަރަދު އޮޑިޓްކުރުމަށް ފަހު ބާކީ ހުރި ފައިސާ ޓައިނީހާޓްސްއަށް ހަދިޔާކުރައްވާފައިވާ ކަމަށެވެ.

ޓައިނީ ހާޓްސްއަކީ ރާއްޖޭގައި ހިލޭ ސާބަހަށް މަސައްކަތްކުރާ، ހިތުގެ ބަލިތައް ހުންނަ ކުޑަކުދިންނަށް އެހީވުމަށް މަސައްކަތްކޮށްދޭ ޖަމިއްޔާއެކެވެ.

"ކެމްޕޭންގެ ހަރަދުތައް ކޮށްފައި ބާކީވީ 19888 ރުފިޔާ. އެފައިސާ އަޅުގަނޑު ހަދިޔާ މިކުރީ ޓައިނީ ހާޓްސްއަށް،" ގަލޮޅު އުތުރު ދާއިރާގެ ގޮނޑި ކުރީގެ ތިން ދައުރުގައި އެ ދާއިރާގެ މެމްބަރުކަން ކުރެއްވި އީވާ އަބްދުﷲ ބަލިކުރެއްވި މުހައްމަދު އިބްރާހިމް(ކުޑޫ) ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި މުހައްމަދު އިބްރާހިމް ކެމްޕެއިން ފެއްޓެވީ، އާންމުންގެ އެހީއާއެކު ކެމްޕެއިން ހަރަދަށް ފައިސާ ހޯއްދަވައިގެން ބާކީވާ ފައިސާ ދިވެހި ޗެރިޓީއަކަށް ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެ އެވެ. 

އެ އިންތިހާބުގައި ކުޑޫއަށް 582 ވޯޓު ލިބުނުއިރު، އީވާއަށް ލިބުނީ 439 ވޯޓެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް