ads
ހައުސިން މިނިސްޓްރީގައި އޮތީ އެމްއޯޔޫގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ލުއިލޯނު ފައިނޭންސިންގެ ބައިވެރިއަކަށް ހައުސިން މިނިސްޓްރީއާއެކު އެމްއައިބީން ސޮއިކޮށްފި
ހިޔާވަހި ލުއިލޯނު ސްކީމުގެ ބައިވެރިއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީއާއެކު އެމްއައިބީން އެމްއޯޔޫގައި ސޮއިކޮށްފިއެވެ.
Advertisement

5 އިންސައްތައަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތަކުން ދައްކާ ހަލާސްކުރެވޭނެ ފަދަ ލޯނެއް ތައާރަފްކޮށްދެއްވުމަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މިކަމަށް ހާއްސަކޮށް ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއި ކުރެއްވީ އެ ބޭންކުގެ ސީއީއޯ މުފައްޒަލް އިދްރީސް ހުމްރީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވީ މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއައިބީއިން ބައިވެރިވާކަމީ އެކަމާ އުފާކުރައްވާކަމެއްކަމަށެވެ. އަދި މި ލޯން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމްއައިބީއިން މަސައްކަތްކުރާނީ އެސްޑީއެފްސީއާއެކުގައިކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.  

"ރައީސްގެ ވައުދު ފުޅެއް ފަސް ޕަސެންޓު ނުވަތަ އެއަށް ވުރެ ދަށުގައި އިންޓްރެސްޓު ބަހައްޓައިގެން ދިގު މުއްދަތުން ދައްކާ ލުއި ލޯނު ސްކީމެއް ތައާރަފް ކުރުމަކީ،" މިނިސްޓަރު ވިދާޅުވި އެވެ.

އެމްއައިބީގެ ސީއީއޯ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މިހާ ބޮޑު ޚިދުމަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ފަޚުރުވެރިވާކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފަސޭހައިން މި ލޯނުތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން މުފައްޒަލް އިދްރީސް ވަނީ ދެއްވާފަ އެވެ.

މި ސްކީމްގެ ދަށުން ދެކެޓަގަރީއަކުން ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފަ އެވެ. އެއީ މާލެ ސަރަހައްދާއި އާބަން ސެންޓަރުތަކަށް ހާއްސަކޮށްގެން ދޫކުރާ ލޯންގެ އިތުރުން އެނޫން ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމްގެ ކެޓަގަރީއެވެ.

މީގެ ދަށުން މާލެ ސަރަޙައްދާއި އާބަން ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 މިލިއަން ރުފިޔާއާއި ހަމައަށެވެ. އަދި އެނޫން ސަރަހައްދުތަކަށް 1 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު މިދެ ކެޓަގަރީއިންވެސް ލޯން ދައްކާ ހަލާސްކުރަން 25 އަހަރު ލިބެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް