ads
ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހު، ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕާސްޕޯޓް ބަހުސް، ބޭނުންނަމަ މިދިޔަ ސަރުކާރުގައި ބޭން ކުރެވުނީސް: ފަލާހް
އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުުރަން ބޭނުންނަމަ މިދިޔަ ސަރުކާރުގައި އެކަން ކުރެވުނީސްކަމަށް ކުރީ ސަރުކާރަށްް ރައްޔިތުން މަޖލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ފާޑު ވިދާޅުވެއްޖެއެވެ.
Advertisement

އިޒްރޭލު ޕާސްޕޯޓު ރާއްޖޭގައި މަނާކުުރަން ނިންމަން، އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. މި ބިލުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށާފައެވެ. 

މި ބަހުސްގައި ވާހަކަ ދައްކަވަމުން މަޖްލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ އިޒްރާއީލުގެ މި އުދުވާނު ފެށުނީ މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކަމށާއި އޭރު ގައުމުގެ ވެރިޔަކަށް ހުރީ ބިލް ހުށައެޅި މެމްބަރުގެ ޕާޓީގެ ވެރިއެއްކަމަށެވެ. 

" އެއްވެސް ޝައްކެތްނެތް އޮކްޓޫބަރ 2023ގައި ދިވެހި ރާއްޖޭގެ ވަރިކަމުގައި ހުންނަވަނީ އެމްޑީޕީގެ ބޭފުޅަކު. ޕީޕީއެމްގެ ވެރިކަމެއް ގާއިމުކުރެވުނީ ނޮވެންބަރު 17 2023ގައި. ..... ހާއްސަ ގޮތެއްގައި ބޭނުންފުޅިއްޔާމުން ހަމަ އޭރުގެ ރައީސުލްޖުމްހޫރިއްޔާވެސް ގަރާރަކުންވެސް އިޒްރާއީލްގެ ޕާސްޕޯޓް މަނާކުރެވިދާނެ. އަދި ބިލް ހުށައެޅުއްވި މެމްބަރު މި މައްސަލަ ހުށައަޅުވަން ނިމިދިޔަ 19 މަޖިލީހަށްވެސް ނިސްބަތްވީ މެމްބަރުން. އެދުވަހުވެސް މި ބިލް ހުށައަޅައިގެން އެޕާޓީގެ 60 މެމްބަރުން ތިނި އެދުވަހުން އެދުވަހަށްވެސް ހުށައެޅޭނެ. " ފަލާހް ވިދާޅުވިއެވެ.

ފަލާހް ވަނީ މި މައްސަލަ 241 ކޮމެޓީން ހުށައެޅުމަށް މިއަދު މަޖިލީހުގައި ހުށައަޅާފައެވެ. މި ހުށައެޅުމަށް ރައްޔިތުން މަޖލީހުގެ ނައިބް ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ނާޒިމް ވަނީ ތާއިދުކޮށްފައެވެ. 

މީކާއިލް އިސްލާހުގައި ބުނެފައި ވަނީ ރާއްޖެ އެތެރެ ނުވެވޭނެ މީހުންގެ ތެރޭގައި "އިޒްރޭލު ޕާސްޕޯޓު ގެންގުޅޭ މީހުން (މީގެ ތެރޭގައި އިޒްރޭލުގެ ޕާސްޕޯޓުގެ އިތުރުން، އެހެން ގައުމެއްގެ ޕާސްޕޯޓު ގެންގުޅޭ މީހުން ވެސް ހިމެނޭ) ކަމަށެވެ.

"މި ބިލު ހުށަހެޅުމުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނުގެ ދަރިކޮޅު ނައްތާލުމަށް ހިންގަމުންދާ ގަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން ފިޔަވަޅު އެޅުމުގެ ގޮތުން، ރާއްޖެއަށް އިޒްރޭލުގެ ރައްޔިތުން އެތެރެވުން މަނާކުރުމަށް ސަރުކާރަށް ގޮވާލާ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކުރި ނަމަވެސް، ސަރުކާރުން މިހާތަނަށް އެކަމުގައި އަމަލުކުރާނެ ގޮތެއް ސާފުކޮށްދީފައިނުވާތީ އެކަން ކުރެވޭނެ ވަކި މުއްދަތެއް ވެސް އެނގެން ނެތީތީ، ސީދާ ގާނޫނަށް ގެންނަ ބަދަލުން ފިޔަވަޅު އަވަސްކުރުމަށް،" މީކާއިލް ވިދާޅުވި އެވެ

އިޒްރޭލު ޕާސްޕޯޓާއި ޓޫރިސްޓުން ރާއްޖެ އިން ބޮއިކޮޓް ކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީން ބަލައިދިނުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ހައިތަމް އަހުމަދު އެދިވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

އެ މައްސަލަ ހާރިޖީ ކޮމިޓީން ބަލަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހު މަޖިލިސް ދޮށަށް ގިނަ ބަޔަކު އެއްވެ މުޒާހަރާ ކުރުމުން، އިޒްރޭލު މީހުން ރާއްޖެ އަށް އައުން ހުއްޓުވުމުގެ ނިންމުން ނިންމަވައި ދެއްވަން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ވަނީ ހުށަހަޅައިފަ އެވެ.

އެކަމަކު، އޭގެ ފަހުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަން ބަދަލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެޑައިގެންނެވުމަށް ފަހު ވެސް މަޖިލީހުގެ އެ އެދުމަށް މިހާތަނަށް އަމަލީ ސިފައެއް އައިސްފައެއް ނުވެ އެވެ. އެހެންނަމަވެސް އިޒްރާއީލު ޕާސްޕޯޓް މަނާކުރަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ނިންމިކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް