ads
ހަޔާތީ އަރުތައިގެ އެވޯޑު ލިބިވަޑައިގެންނެވި ރަމީޒަށް އެވޯޑް އަރުވަނީ - ފޮޓޯ: ރައީސް އޮފީސް
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ނޫސްވެރިކަމުގެ އިނާމު "ނޫސްވެރިކަމުގެ އިނާމު 2023" ހަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
Advertisement

ނޫސްވެރިކަމުގެ އިނާމަކީ މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެއަހަރަކުވެސް ދެމުން އަންނަ އިނާމެކެވެ.

އިނާމު ދިނުމުގެ މައިގަނޑު މަގްސަދަކީ ދިވެހި ނޫސްވެރިންނަށް ހިތްވަރު ދިނުމާއި، ދިވެހި ނޫސްވެރިންގެ މަސައްކަތް ފާހަގަކުރުމާއި، ނޫސްވެރިކަމުގެ ފަންނުގައި ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑު ހިފަހައްޓާ، ފެންވަރު ރަނގަޅު އުފެއްދުންތައް އުފެއްދުމަށް ބާރު އެޅުންކަމަށް މޯލްްޑިވްސް މީޑިއާ ކައުންސިލުން ބުނެއެވެ.

 އެގޮތުން އިނާމު ދިނުމަށް ކަނޑައަޅާފައިވަނީ ނޫސް މަޖައްލާ ކެޓަގަރީ އަދި އޯޑިއޯ ވީޑިއޯ ޖާނަލިސަމް ކެޓަގަރީ ހިމެނޭހެން 18 ދާއިރާއަކަށް ކަމަށް މީޑިއާ ކައުންސިލުން ފާހަގަކުރެއެވެ.

ނޫސްވެރިކަމުގެ އިނާމު"2023" ދޭ ދާއިރާތައް:

  • ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ
  • އިޖުތިމާއި ދާއިރާ
  • ސިޔާސީ ދާއިރާ
  • ޝަރުއީ އަދި ގާނޫނީ ދާއިރާ 
  • ވިޔަފާރިއާއި އިގްތިސާދުގެ ދާއިރާ 
  • ކުޅިވަރުގެ ދާއިރާ 
  • ފޮޓޯ ޖާނަލިސަމްގެ ދާއިރާ 
  • ވީޑިއޯ ޑޮކިއުމެންޓަރީގެ ދާއިރާ
  • ގްރެފިކްސް އާއި އިލުސްޓްރޭޝަންސްގެ ދާއިރާ
  • ފީޗާ ރިޕޯޓުގެ ދާއިރާ
  • ތާރީހާއި ސަގާފަތުގެ ދާއިރާ 
  • މުނިފޫހި ފިލުވުމާއި ފަނުްނުވެރިކަމުގެ ދާއިރާ
  • އަހަރުގެ އެންމެ މޮޅު ކަވަރޭޖް އިނާމު 
  • އަތޮޅުތެރޭގެ އެންމެ ބޮޑު އުފެއްދުމުގެ އިނާމު 

އިނާމު ދިނުމަށް ހަަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތަކުގެ ތަފްސީލް "މޯލްޑީވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ އުސޫލު" ގައި ބަޔާންކޮށްފައިވާނެކަމަށް އެކައުންސިލުން ބުނެއެވެ.މީގެ އިތުރުން އިނާމަށް ނަަން ހުށަހަޅާ ފޯމާއި އަދި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައް "މޯލްޑީވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ކުރެވުނު އިއުލާން" އާއެކު އާންމުކޮށްފައިވާނެމަށް މީޑިއާ ކައުންސިލުން ބުނެއެވެ. އަދި މި އިނާމަށް ކުރިމަތިލުމުގެ ފުރުސަތު  މިމަހުގެ 30 ވާ ދުވަހުގެ މެންދުރު 13:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް