ތޮއްޑޫގެ ދަނޑުބިންތައް ދަނޑުވެރިން އަތުން އަތުލަން ނިންމާފައިވާކަމަށް ބުނެ އެ ރަށުގައި ބަޔަކު ހަމަނުޖެހުން ހިންގީ މިދިޔަ ބުދަދުވަހުއެވެ. އެމީހުން ކައުންސިލް ދޮށަށް އެއްވެ ހަމަނުޖެހުން ހިންގާ ކައުންސިލް ފުރާޅަށް ގާއުކާފައިވާކަމަށްް ފުލުހުން ވަނީ ބުނެފައެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް އަނިޔާވެ ފަރުވާދޭން ޖެހުނުކަމަށްވެސް ފުލުހުން ވަނީ ކުރިން ބުނެފައެވެ.
ފުލުހުން ބުނީ މި މައްސަލާގައި 8 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. މި އެންމެންވެސް ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން މިއަދުކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.