ads
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މިއަހަރުގެ އަމީރުލް ހައްޖަކީ ޑރ. ޝަފީއު
މިއަހަރުގެ ރާއްޖޭގެ އަމީރުލް ހައްޖުގެ ގޮތުގައި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލު ޝަފީއު ކަނޑައަޅުއްވައިފިއެވެ.
Advertisement

މިއަހަރު ރާއްޖެއިން ހައްޖަށް 1150 މީހުން ދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެ އެންމެންވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަނުންގެ ހަވާލުގައެވެ.

ރާއްޖޭގެ ހައްޖުވެރިންގެ އިސްވެރިއެއްގެ ގޮތުގައި ކަނޑައެޅުއްވި ތައުލީމާއި ބެހޭ ވަޒީރު ޑރ. އިސްމާއިލު ޝަފީއު މިއަދު ހަވީރު މައްކާއަށް ފުރާނެއެވެ. މީގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ ދެކަނބަލުންވެސް މިއަދު ހައްޖަށް ފުރާނެއެވެ. 

މި އަހަރު ރާއްޖެއިން ހައްޖަށް ގެންދިޔުމަށް ލިބުނު 1000 ކޯޓާގެ އިތުރުން 150 މީހުންގެ ކޯޓާއެއް ވަނީ ދީފައެވެ. އިތުރަށް ލިބުނު ކޯޓާގައި ހިމެނޭ 150 ހައްޖުވެރިންވެސް ފުރާނީ މިއަދުއެވެ. މި ފަހަރުގެ ހައްޖުގައި ސަރުކާރުގެ ހަރަދުގައި ހިލޭ ހައްޖަށް ފޮނުވި 50 މީހުންވެސް ބައިވެރިވާނެއެވެ. މި އެންމެންވެސް މި ވަގުތު ތިބީ މައްކާގައެވެ. 

މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ހޮނިހިރުދުވަހެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް