ads
ޑެންގީ ފަތުރާ އީޑީސް މަދިރިއެއް--
މިދުވަސްވަރު ޑެންގީ އިންތިހާއަށް ގިނަ: ޑރ. ފައިސަލް
މިދުވަސްވަރު ޑެންގީ އިންތިހާއަށް ގިނަަ ކަމަށް ޑރ.އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޑރ.ފައިސަލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ޑެންގީ މިދުވަސްވަރު އިންތިހާއަށް ގިނަ ކަމަށް ވިދާޅުވުމުގެ އިތުރުން އެޗްޕީއޭގެ ރިޕޯޓުތަކަށް އަލިއަޅުއްވާލާ މިދުވަސްވަރަކީ ރާއްޖޭގައި އެންމެގިނައިން ޑެންގޫހުން ޖެހިގެން ރިޕޯޓުކުރި 3 ހަފުތާކަމަށްވެސް ފާހަގަކުރެއްވި އެވެ.

އަދި ޑރ.ފައިސަލް ވަނީ މަދިރިން ރައްކާތެރިވުމަށް އިލްތިމާސްވެސް ކުރެއްވި އެވެ.

އެޗްޕީއޭއިން ބުނީ އޭޕްރީލް މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑެންގީ ކޭސްތައް އިތުރުވާން ފަށާފައިވާކަމަށެވެ. އެގޮތުން އެއިރު އެންމެ ގިނަ ކޭސްތައް ފެނުނީ މެއި މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އަދި މެއި މަހުގެ ފެށުނީއްސުރެއް އެ މަހުގެ  15 ވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް 158 މީހަކަށް ޑެންގީ ޖެހިފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

މީގެ އިތުރުން މިދިޔަ މަހު ޑެންގީ ހުން އެންމެ ބޮޑަށް ފެތުރެމުން އައީ ހުޅުމާލޭގަ އެވެ. ހުޅުމާލެއިން އޭޕްރީލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ ފުރަތަމަ ހަފުތާގެ ނިޔަލަށް ހޮނިހިރު 192 މީހަކަށް ޑެންގީ ޖެހިފައިވެ އެވެ.

އެޗްޕީއޭގެ ހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހު ޑެންގީ ޖެހިގެން ރިޕޯޓް ކުރި އަދަދު އޭގެ ކުރީ މަހަށް ވުރެއް 125 މީހުން އިތުރެވެ. މާޗް މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރީ 119 މީހުންނެވެ.  

ޑެންގީގެ އިތުރުން ވައިރަލްހުންވެސް ދަނީ ހަލުވިކަމާއި އެކު ފެތުރެމުންނެވެ.ޑެންގީއާއި ވައިރަލް ހުމުގެ ކޭސްތައް އެންމެ ގިނައީ މާލޭ ސަރަަހއްދުގައިކަމަށް އެޗްޕީއޭގެ ތަފާސްހިސާބުންދައްކައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް