ads
ހިންމަފުށިން ހިއްކާފައިވާ ބިން
ހިންމަފުށީގައި 200 ކޮޓަރީގެ ގެސްޓްހައުސް އަޅަން 50 އަހަރަށް ބިމެއް ދޫކުރަނީ
ޓޫރިޒަމްގެ ވިޔަފާރި ކުރިއަރަމުން އަންނަ، ކ. ހިންމަފުށީގައި 200 ކޮޓަރީގެ ގެސްޓްހައުސްއެއް އަޅާ ހިންގާނެ ފަރާތަކަށް ކުއްޔަށް ބިމެއް ދޫކުރުމަށް އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

ހިންމަފުށީ ކައުންސިލް އިދާރާއިން ގެޒެޓް ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތަށް ބިމެއް ދޫކުރުމަށް ނިންމައިފައިވަނީ ފުޓްބޯޅަ ދަނޑު ހިމެނޭ ސަރަހައްދުން ކަމަށެވެ. އެ ސަރަހައްދުން ދޫކުރާނީ 52،107 އަކަފޫޓުގެ ބިމެކެވެ. އަދި އެ ބިން ދޫކުރުމަށް ނިނަމއިައިވަނީ 50 އަހަރުގެ މުއްދަތަށް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.

ހިންމަފުށީގައި އަމިއްލަ ހަރަދުގައި މިކަން ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހަޅަންޖެހޭ ސުންގަޑިއަކީ އިއުލާނުގައިވާ ގޮތުން އަންނަ ޖުލައި 15 ވަނަ ދުވަހުގެ މެންދުރު 1:00 އެވެ.

ބީލަމެއްގެ އަގަކީ 25000ރ. އެވެ. ބީލަން ވިއްކާނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި 1 ވަނަ ދުވަހާ ހަމައަށެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10 އިން މެންދުރު 12:30 ވަންދެން ބީލަން ފޮތް ވިއްކާނެ ކަމަށް އިއުލާނުގައި ވެ އެވެ. 

އިއުލާނުގައި ބުނެފައިވާ ގޮތުން ޕްރޮޕޯޒަލް ހުށަހެޅޭނީ ދިވެހިންނަށް ނުވަތަ ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ޕާޓްނާޝިޕަކަށް ނުވަތަ ކުންފުންޏަކަށެވެ. އެ އިން ތަނެއްގައި ބިދޭސީ މީހެއްގެ ހިއްސާ އޮވެގެން ނުވާނެ އެވެ.

އިއުލާނުގައި ބުނެފައިވާ ގޮތުން، ޕްރީ ބިޑް ބައްދަލުވުން އޮންނާނީ ޖުލައި މަހުގެ 3 ވަނަ ދުވަހުގެ 13:00ގައި އެރަށު ކައުންސިލް އިދާރާގަ އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ހިންމަފުއްޓަކީ ފަތުރުވެރިކަމުގެ ވިޔަފާރި ކުރިއަރަމުން އަންނަ، ފަތުރުވެރިންގެ މެދުގައި މަގުބޫލު ރަށެކެވެ. މިގޮތުން، އެރަށުގައި މިހާރު ވެސް 17 ގެސްޓު ހައުސް ހިންގަ އެވެ. އެކަމަކު، މިއީ މިހާ ގިނަ އަދަދެއްގެ ކޮޓަރިއާ އެކު ސިޓީ ހޮޓަލެއް ނުވަތަ ގެސްޓް ހައުސްއެއް އެ ރަށުގައި ހަދަން ނިންމި ފުރަތަމަ ކަމަށް ވެދާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް