މާޒިޔާ މެޗު އެއްވަރު، އީގަލްސްއަށް ފަސޭހަ މޮޅެއް
ސްޕޯޓްސް ޓީމް
11 ޖޫން 2024 - 08:15:14
ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއާ ގްރީން ކުޅުނު މެޗު އެއްވަރުވީއިރު، އީގަލްސްއިން ޔޫވީ އަތުން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
ޔޫތު ޗެމްޕިއަންޝިޕްގައި މާޒިޔާއާ ގްރީންގެ މެޗު ހޯމަ ދުވަހު ހަވީރު އެއްވަރުވީ ދެ ލަނޑު ދެ ލަނޑުންނެވެ. މި މެޗު މާޒިޔާއާށް އެއްވަރުކޮށްދިނީ މެޗުގެ އެންމެ ފަހު ވަގުތު މިލްހާން މުހައްމަދު ޖެހި ލަނޑުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓްސްގެ މުހައްމަދު ފައިޒާން ފަޒީން އެވެ.
ޔޫތު މުބާރާތުގައި ޑިފެންޑިން ޗެމްޕިއަން އީގަލްސް ރޭ ޔޫވީ އަތުން މޮޅުވީ ހަތަރު ލަނޑު އެއް ލަނޑުން ފަސޭހަކަމާއެކުއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ މުހައްމަދު އައިމަން ހަސަން އެވެ.
ޔޫތު މުބާރާތުގެ ކުޅުމެއް މިއަދަކު ނޯންނާނެއެވެ. ދެން ކުޅުން އޮންނާނީ މާދަމާ ހަވީރު އަދި މާދަމާ ރޭއެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި އޮޑި ސްޕޯޓްސް ވާދަކުރާނީ ސަސްއާއެވެ. އަދި މާދަމާ ރޭ، ޓީސީ ނުކުންނާނީ ބުރު ސްޕޯޓްސްއާ ދެކޮޅަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް