ads
މާލީ އެހީދޭނެ ގޮތް ބަލަން މީޑިއާތަކުގެ ހިޔާލު ހޯދަނީ
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީދިނުމަށް އެކުލަވާނެ އުސޫލްތަކެއް ކަނޑައެޅުމަށް މީޑިއާތަކުގެ އިސްވެރިންނާއި ބައްދަލުކުރަން އިންފޮމޭޝަން މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑު) ފައްޓަވައިފިއެވެ.

މީޑިއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. މާލީ އެހީދިނުމާއި ގުޅޭގޮތުން މަސްވަރާކުރުމަށް މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ ވަރަށް ކުރީކޮޅުވެސް ވަނީ މީޑިއާތަކުގެ އިސްވެރިންނާއި ރައީސް އޮފީހުން ބައްދަލުކޮށްފައެވެ. އެ ބައްދަލުކުރުން ޗެއާކުރީ ރައީސް އޮފީހުގެ ކޮމިއުިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލުއެވެ. 

އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު ވަނީ ރާއްޖޭގެ މީޑިއާތަކުގެ އިސްވެރިންނާއި ވަކި ވަކި ބައްދަލުކޮށް މަޝްވަރާކުރަން ފައްޓަވާފައެވެ. މިނިސްޓަރު ވިދާޅުވީ މި މަޝްވަރާތައް އޮންލައިން ނޫސްތަކާއި ބްރޯޑްކާސްޓިން ސްޓޭޝަންތަކާއި އެކު ކުރިޔަށް ގެންދަވާނެކަމަށެވެ. 

" މީޑިއާތަކާއި މަޝްވަރާކޮށްލަން އަޅުގަނޑުމެން ބޭނުންވަނީ ކޮންމެ ހަމަތަކެއް، ކޮން އުސޫލުތަކެއްތޯ އަޅުގަނޑުމެން ގެންގުޅެންވީ މީޑިއާތަކަށްް ފައިސާ ދިނުމުގައި. އެކަން ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އެންމެ ފުރަތަމަ ރާއްޖޭގެ އެންމެ ސީނިއާ އެޑިޓަރުންނާއި ބައްދަލުކޮށްކުން އެއީ މުހިއްމުކަމެއްކަމަށް." މިނިސްޓަރު އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ވެރިކަމާއި ހަވާލުވެ މީޑިއާތަކަށް މާލީ އެހީތެރިކަން ދޭން މަސައްކަތް ކުރިނަމަވެސް އެކަން ނުވީ މިއަހަރުގެ ބަޖެޓްގައި އެ ފައިސާ ހިމަނާފައި ނުވާތީކަމަށެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓުގައި އެ ފައިސާ ހިމެނުމުގެ މަސައްކަތް މިހާރު ފަށާފައިވާކަން އިންފޮމޭޝަން މިނިސްޓަރު އިބްރާހިމް ވަހީދު ފާހަގަކުރެއްވިއެވެ.

ފުރަތަމަ މަޝްވަރާތައް އޮންލައިންތަކުގެ އެންމެ ސީނިއާ އެޑިޓަރުންނާއި އެކު ފެށި ނަމަވެސް ޓީވީ ސްޓޭޝަންތަކުގެ އިސްވެރިންނާއި އަދި އިންޑަސްޓްރީގައި މަސައްކަތް ކުރާ ފަރާތްތަކާއި ބައްދަލުކުރާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް