ads
ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ -- ފޮޓޯ: ސަން
ފައިލެޓުންނަށް ވަޒީފާ ނުލިބޭތީ ލޯނު ދޭނީ 10 ކުދިންނަށް: މިނިސްޓްރީ
ފައިލެޓުންނަށް ވަޒީފާ ހޯދުމުގައި ދަތިތަކާ ކުރިމަތިލާން ޖެހޭތީ މި ފަހަރު ސްޓޫޑަންޓް ލޯނު ދިނީ 10 ދަރިވަރުންނަށް ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
Advertisement

އެ މިނިސްޓްރީން ވަނީ މިއަހަރު ސްޓޫޑަންޓް ލޯނަށްް ހުށައެޅި ކުދިންގެ ތެރެއިން ޝަރުތު ހަމަވާކުދިން ލިސްޓު މިއަދު އާއްމުކޮށްފައެވެ. މި ފަހަރު ސްޓޫޑަންޓް ލޯނަށް ހުޅުވާލި 500 ފުރުސަތައް 1709 ދަރިވަރަކު ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވީ 1153 ދަރިވަރުންކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. 

އެ މިނިސްޓްރީން ބުނީ ޕައިލެޓްކަން ކިޔަން އެދުނު ކުދިންގެ ތެރެއިން މިއަދު އިއުލާންކުރީ ވަގުތީ ނަތީޖާކަމަށެވެ. އެހެންނަމެވެސް އެހެން ދާއިރާތަކުން ހޮވިފައިވާ ދަރިވަރުންގެ އިއުލާންކުރީ ދާއިމީ ނަތީޖާކަމަށެވެ. 

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފާއިތުވެދިޔަ އަހަރު، 500 އަށްވުރެ ގިނަ ދަރިވަރުންނަށް ރާއްޖެއިން ބޭރުން ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނު ދީފައިވާކަމަށެވެ. އެހެންކަމުން އެހާ ގިނަ ފުރުސަތު، އެއް ދާއިރާއަކުން ކިޔެވުމަށް ދީފައިވުމުގެ ސަބަބުން ދަރިވަރުންނާއި، ބެލެނިވެރިންނާއި، ކަމާ ބެހޭ އެކިއެކި އިދާރާތަކުން ގިނަގުނަ ޝަކުވާތަކާއި ކަންބޮޑުވުންތައް މި މިނިސްޓްރީއާ ހިއްސާކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. 

" ދަރިވަރުންނަށް ޕްލޭސްމަންޓާއި ވިސާ ލިބުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ދަނީ ކުރިމަތިވަމުން. ހަމަ އެއާއެކު މިހާ ގިނަ ދަރިވަރުންތަކެއް އެއްފަހަރާ އެއް ދާއިރާއަކުން ކިޔަވައި ނިމިގެން އައުމުން ވަޒީފައި ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީންނާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުން ލަފާކޮށް ކަންބޮޑުވުން ފާޅުކޮށްފައިވޭ." ޕައިލެޓް ކޯސްތަކާއި ގުޅޭ ގޮތުން މިނިސްޓްރީންއަށް ލިބުނު ޝަކުވާތައްކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ޝަކުވާތައް ހުރުމުން މި އަހަރު ޕައިލެޓް ލައިސެންސަށް ކިޔެވުމަށް ލޯނުދޭން ހުޅުވާލީ އެންމެ 10 ފުރުަތުކަމަށެވެ. އަދި އެއީ ރާއްޖޭގެ ފްލައިން ސްކޫލްގައި ކިޔެވުމަށް ހުޅުވާލި ފުރުސަތުތަކެއްކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. މި 10 މި ސްލޮޓަށް ޝަރުތުހަމަވާ 148 އެޕްލިކޭޝަން ލިބިފައިވީނަމަވެސް ލިބިފައިވާ ޝަކުވާތަކުގެ ސަބަބުން  ރާއްޖޭގައި ހުރި ޕައިލެޓް ތަމްރީނު ދޭ މަރުކަޒުގެ ކެޕޭސިޓީއަށް ރިޢާޔަތްކޮށް 2 ނިންމުމެއް ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޗަން މިނިސްޓްރީން ބުނެއެވެ. 

ފައިލެޓް ކޯސްތަކަށް މިނިސްޓްރީގެ ނިންމުން

  • ޕައިލެޓް ލައިސެންސައަށް ކިޔެވުމަށް އިއުލާނުގައި ސްލޮޓް ކަނޑައެޅިފައިވާ އަދަދަށް، މެރިޓް އުސޫލުން އެންމެމަތިން މާކްސް ހޯދާ 10 ދަރިވަރުންނަށް އެ ފުރުސަތުދިނުން
  • މި ފުރުސަތައް އެދި ހުށަހަޅާފައިވާ ދަރިވަރުންގެ ތެރެއިން، ޝަރުޠު ހަމަވާ އެހެން ހުރިހާ ދަރިވަރުން، މިއަހަރު އިއުލާންކޮށްފައިވާއި ދާއިރާތަކާއި ސްލޮޓްތަކުގެ ތެރެއިން އެދަރިވަރަކު ޝަރުތުހަމަވާ ސްލޮޓަކަށް ބަދަލުވުމުގެ އިހްތިޔާރު ދިނުން
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް