ads
އުރީދޫ ފަން ރަން ލާމުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމަށް ދެއްވުން - ފޮޓޯ:އުރީދޫ
"އުރީދޫ ފަން ރަން ލާމު" ދައުވަތު މަޖިލިސް ރައީސް އަބްދުއްރަހީމަށް
އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުންދާ އެންމެ އުފާވެރި ދުވުން، ފަން ރަން - ލާމު އެޑިޝަންގައި ބައިވެރިވުމުގެ ދައުވަތު ރައްޔިތުންގެ މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ދީފި އެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 5،000 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައި ކަމަށް އުރީދޫން ބުނެ އެވެ.

ފަން ރަން ލ. ގަމުގައި ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު އެވެ. މި ރަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހަމަވެފައިވާއިރު، އުރީދޫން ބުނީ މިއީ މި އަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް މި ހަރަކާތް ވާނެ ކަމަށެވެ. 

ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވެވޭއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކަށާއި އާންމުކޮށް ދުވާ ފަރާތްތަކުން ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނެފައި ވަނީ ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމިދާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް