މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމާއި އިސްލާމިކް ޔުނިވާސިޓީގެ ފަރާތުން ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރެވެ.
މި ބައްދަލުވުމުގައި ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވެސް ބައިވެރިވެލެއްވި އެވެ.
މި ބާސަރީ ޕްރޮގްރާމްގެ އެއްބަސްވުމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރްޔަމް މާރިޔާ ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ރަށްރަށުން ތައުލީމު ހާސިލުކުރުމަށް އައިސްތިބި ކުދިންގެ ހުރުމާއި ކެއުމާއި އިތުރު ކަންކަން ކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ.
އަދި ދެ ގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަވާނެ ކަމަށާއި މި ކަމުން އެނގެނީ ޗައިނާއިން ރާއްޖޭގެ މަތީ ތައުލީމަށް ދޭ އަހައްމިއްޔަތުކަން ކަމަށެވެ.
ވަންގް ލިޒިން ވިދާޅުވީ މި ޕްރޮގްރާމްގެ ސަބަބުން ރާއްޖޭގެ ޒުވާނުންނަށް ޗައިނާގެ ސަގާފަތް ނުވަތަ ޗައިނީސް ބަސް ދަސްކުރުމަށް ހިތްވަރު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.