ads
ފަލަސްތީނާއެކު ދިވެހީން ޓެލެތޯނަށް ސްޓެލްކޯއިން ބައި މިލިއަން ރުފިޔާ ހަދިޔާކުރުން - ފޮޓޯ:ސްޓެލްކޯ
ސްޓެލްކޯއިން "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ބައި މިލިއަން ރުފިޔާ
"ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމަށް ދައުލަތުގެ މީޑިއާއިން މިއަދު ކުރިއަށް ގެންދާ "ފަލަސްތީނާއެކު ދިވެހީން" ޓެލެތޯނަށް ކުންފުނިތަކުންނާއި އާންމުން އަންނަނީ ފައިސާ ހަދިޔާ ކުރަމުންނެވެ. ސްޓެލްކޯގެ ފަރާތުން ފައިސާ ހަދިޔާކުރުމަށްފަހު ބުނީ މި އެހީއަކީ ފަލަސްތީނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލި ފުރުސަތުގެ ދަށުން ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ހުރިހާ މުވައްޒަފުންގެ ބައިވެރިވުން ހިމެނޭހެން ދެވޭ އެހީއެއް ކަމަށެވެ.

"މި ކޮންޓްރިބިއުޝަންއަކީ ސްޓެލްކޯގެ މުވައްޒަފުންނަށް އަޅުގަނޑުމެން ހުޅުވާލި ފުރުސަތުގައި ކުންފުނީގެ އަތޮޅުތެރޭގެ އިންޖީނުގެތަކުގެ މުވައްޒަފުން ވެސް ހިމެނޭ ގޮތުގެ މަތިން ކޮންޓްރިބިއުޓް ކުރި އަދަދެއް. ޖުމްލަ ގޮތެއްގައި ފަސް ލައްކަ ރުފިޔާ އަޅުގަނޑުމެން މި ހަދިޔާ ކުރަނީ ކުންފުންޏާ އަދި މުވައްޒަފުންގެ ފަރާތުން،" ސްޓެލްކޯއިން ބުނެފައިވެ އެވެ.

ސްޓެލްކޯއިން އިތުރަށް ބުނެފައި ވަނީ އެ ކުންފުނީގެ ހެޑް އޮފީހުގެ ކުރިމަތީގައި ބަހައްޓާފައިވާ ފަންޑު ފޮއްޓަށް ކުންފުނީގެ އިސްވެރިންނާއި މުވައްޒަފުން ގެންދަނީ އެކި އަދަދުތަކުން އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އެ ކުންފުންޏަކީ އަބަދުވެސް މިފަދަ ކަންކަމަށް ހާއްސަ އަހައްމިއްޔަތު ކަމެއް ދީގެން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްކަން ފާހަގަކޮށް ސްޓެލްކޯއިން ބުނި ގޮތުގައި ކުންފުނީގެ ހުރިހާ މުވައްޒަފުން ސާބިތުކަމާ އެކު އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނާއި އެ ގައުމުގެ ރައްޔިތުންނާ އެކުގައި ކަމުގަ އެވެ.

your imageފަލަސްތީނާއެކު ދިވެހީން ޓެލެތޯނަށް ސްޓެލްކޯއިން ވަނީ ބައި މިލިއަން ރުފިޔާ ހަދިޔާކޮށްފައި - ފޮޓޯ:ސްޓެލްކޯ

ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާއްވާ ޓެލެތޯނު މިއަދު ހެނދުނު 08:00 އިން ފެށިގެން މިރޭ ދަންވަރު 12:00 އާ ހަމައަށް ކުރިއަށްދާއިރު، މި ޓެލެތޯނުގައި މާލޭ ސަރަހައްދުގައި 13 ފަންޑު ފޮށި ވަނީ ބަހައްޓާފަ އެވެ.

މި ފޮށިތައް ކައިރިއަށް ނުދެވޭ ފަރާތްތަކަށް އޮންލައިންކޮށް ފަސޭހަކަމާ އެކު ފައިސާ ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ދެ އެކައުންޓެއް ވަނީ ހުޅުވާފަ އެވެ. އެގޮތުން ދިވެހި ފައިސާއިން ނަމަ 7730000655865 އެކައުންޓަށް އަދި ޑޮލަރުން ނަމަ 7730000655866 އެކައުންޓަށް ފައިސާ ހަދިޔާ ކުރެވޭނެ ގޮތް ވަނީ ފަހިކޮށްދީފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް