ދިރާގުން ބުނީ މި ޕްރޮމޯޝަނުގެ ދަށުން ޓެކްސީ ޑްރައިވަރުންނަށް ހިލޭ މައިފައި ޑިވައިސްއަކާ އެކު މުޅިން ހިލޭ 10ޖީބީ ޑޭޓާ ލިބޭނެ ކަމަށެވެ. މި މައިފައި ޑިވައިސްގެ ޒަރިއްޔާއިން ޓެކްސީ ޑްރައިވަރުންނަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަކަމާ އެކު އިންޓަނެޓް ފޯރުކޮށްދެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނެފައި ވަނީ މާލެ ސަރަހައްދުގައި ތައާރަފުކުރި މި ހާއްސަ ޕްރޮމޯޝަނާ އެކު ޓެކްސީ ޑްރައިވަރުންގެ އިތުރުން ދަތުރުކުރާ ފަރާތްތަކަށް ވެސް އިތުރު ލުއިފަސޭހަކަމާއި އަވަސް މުއާމަލާތްތައް ކުރުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.
އަންނަ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި އިސްކަންދެވޭނީ ފުރަތަމަ އަންނަ ފަރާތްތަކަށް ކަމަށް ދިރާގުން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގެ މުއްދަތުގެ ތެރޭގައި ޓެކްސީ ޑްރައިވަރުން އެ ފަރާތްތަކުގެ ޓެކްސީ ކާޑު ހިފައިގެން މާލެ ނުވަތަ ހުޅުމާލޭގައި ހުންނަ ދިރާގު ކަސްޓަމާ ސާވިސް ސެންޓަރަށް ދިއުމުން ހިލޭ މައިފައި ޑިވައިސް ލިބޭނެ ކަމުގަ އެވެ.
އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރުފުރައަކަށް އެކަށޭނެގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށް ދިރާގުން ބުނެ އެވެ.