ads
ޑީޖޭއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލަށް ކޮރަޕްޝަންގެ ތުހުމަތު
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އަބްދުالله އައްބާސް މުހައްމަދުގެ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލައެއް އަމިއްލަ ފަރާތަކުން ޑީޖޭއޭއަށް ހުށަހަޅައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޑެޕިއުޓީ ޑިރެކްޓާ ޖެނަރަލް އަބްދުالله އައްބާސް މުހައްމަދުގެ ކޮރަޕްޝަނާއި ފަސާދައިގެ މައްސަލައެއް އަމިއްލަ ފަރާތަކުން ޑީޖޭއޭއަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން ޑީޖޭއޭއަށް މިއަދު ފޮނުވި ސިޓީއެއްގައި ވަނީ އައްބާސްގެ މައްޗަށް ޝަރުއީ ދާއިރާގެ އިސްމަގާމެއްގައި ހުރެ، ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދާއި ހިލާފަށް އެތައް އަމަލެއް ހިންގާ، ކޮރަޕްޝަނާއި ފަސާދައާއި، މަގާމުގެ ނުފޫޒާއި ބާރު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މާލީ މަންފާ ހާސިލު ކުރަމުން އަންނަ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ ފަސްވަނަ މާއްދާގެ (ނ) ގެ ދެވަނަ ނަންބަރާއި ތިންވަނަ ނަންބަރުގައި ޝަރުއީ ދާއިރާގެ އެއްވެސް މުވައްޒަފަކު ރަސްމީ ގަޑީގައި މާލީ މަންފާ ލިބޭ އެއްވެސް ކަމެއް ކުރުމަކީ މަނާ ކަމެއްކަން ބަޔާންކޮށްފައިވާކަން ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ. އެކަމަކު އައްބާސް ފެމިލީ ކޯޓުގައި މައުޛޫނު ކަމުގެ ކޮންޓްރެކްޓް ވަޒީފާ ރަސްމީ ގަޑީގައި އަދާކޮށް، މާލީ މަންފާ ހާސިލުކޮށްފައިވާ ކަމަށެވެ. އެގޮތުން 27 އެޕްރީލް 2017 އަށް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ފެމިލީ ކޯޓާ އެކު ސޮއިކޮށްފައިވާއިރު، 30 ޖޫން 2019 އިން ފެށިގެންވެސް އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްގެން ރަސްމީ ގަޑީގައި މަސައްކަތްކޮށްގެން މާލީ މަންފާ ހޯދާފައިވާ ކަމަށް ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި މިމުއްދަތުގައި ކޮށްފައިވާ ބައެއް ކައިވެނީގެ ފައިސާ އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށްވެސް ވަނީ ތުހުމަތު ކޮށްފަ އެވެ. އެހެންކަމުން އެ މައްސަލަ ވީހާވެސް އަވަހަށް އިންސާފުވެރިކަމާ އެކު ބަލައިދިނުމަށް ސިޓީގައި ވަނީ އެދިފަ އެވެ.

މި މައްސަލައާއި ގުޅިގެން ޑީޖޭއޭ އިން "ސީއެންއެމް" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އިދާރީ މުވައްޒަފުންނާއި ގުޅޭ މައުލޫމާތު މީޑިއާއަށް ހިއްސާ ނުކުރާ ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް