ads
އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރު: ބޮޑު އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް ވަނީ އިއުލާނުކޮށްފައި - ފޮޓޯ:ރައީސް އޮފީސް
އުރީދޫގެ ކަސްޓަމަރުންނަށް ބޮޑު އީދަށް ހާއްސަ އޮފާތަކެއް
އުރީދޫ މޯލްޑިވްސްގެ ކަސްޓަމަރުންނަށް ބޮޑު އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ.
Advertisement

އީދާ ގުޅިގެން ހާއްސަ އޮފާތަކެއް އިއުލާނުކޮށް، އުރީދޫން ބުނީ މި އުފާވެރި މުނާސަބަތުގައި މުވާސަލާތީ ގޮތުން އެންމެން ގުޅިފައި ތިބުމަކީ މުހިންމު ކަމެއް ކަމުގައި އެ ކުންފުނިން ދެކޭ ކަމަށެވެ. އުރީދޫގެ އެކްސްކްލޫސިވް އީދު ޕްރޮމޯޝަންތަކުގެ ތެރޭގައި ބޯނަސް ޑޭޓާ އޮފާ، ގިފްޓިން އޮޕްޝަންސް އަދި ޕެކް އެކްޓިވޭޓްކޮށްގެން އަގުހުރި އިނާމު ލިބޭނެ ގޮތްތައް ހިމެނެ އެވެ.

ބޯނަސް ޑޭޓާ އޮފާ:

ހާއްސަ އީދު ހަދިޔާއެއްގެ ގޮތުގައި އުރީދޫގެ ހުރިހާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 350 ރުފިޔާ އާއި އެއަށް ވުރެ މަތީގެ ޕެކްތައް އެކްޓިވޭޓްކުރުމުން 60 އިންސައްތަ އާ ހަމައަށް ބޯނަސް ޑޭޓާ ލިބޭނެ އެވެ.

ގިފްޓް އަ ޕެކް:

އުރީދޫގެ ގިފްޓް އަ ޕެކް މެދުވެރިކޮށް ފޮނުވާ ޑޭޓާ ޕެކްތަކަށް އުރީދޫގެ ފަރާތުން އިތުރު 1ޖީބީ ހިލޭ ލިބިގެންދާނެ އެވެ. ރައްޓެހިންނާއި އާއިލާއަށް ހަދިޔާއެއްގެ ގޮތުގައި މި އީދުގައި ޑޭޓާ ޕެކްއެއް އުރީދޫ މެދުވެރިކޮށް ފޮނުވާލާށެވެ.

އެކްޓިވޭޓް އެންޑް ވިން:

ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ އެކްޓިވޭޓް އެންޑް ވިން ޕްރޮމޯޝަނުގައި 500 ރުފިޔާ އާއި އެއަށް ވުރެ މަތިން ޕެކެއް އެކްޓިވޭޓްކޮށް، އަގުހުރި އިނާމުތައް ލިބޭނެ އެވެ. ނަސީބުވެރިން ހޮވޭނީ ގުރުއަތުންނެވެ.

your imageބޮޑު އީދާ ދިމާކޮށް ހާއްސަ އޮފާތަކެއް ވަނީ އިއުލާނުކޮށްފައި - ފޮޓޯ:އުރީދޫ

އެ ކުންފުނީގެ ބޮޑު ޗުއްޓީ ޕެކާ އެކު މި ޗުއްޓީގެ ހުރިހާ ވަގުތެއްގައި ވެސް ރައްޓެހިންނާއި އާއިލާ އާއެކު ހޭދަކުރެވޭނެ ކަމަށް އުރީދޫން ބުނެ އެވެ.

  • 100ޖީބީ ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 100 ރުފިޔާއަށް، ތިން ދުވަހުގެ ވެލިޑިޓީއަކާ އެކު
  • 100ޖީބީ + 50ޖީބީގެ ބޯނަސް ޑޭޓާ އާއި އުރީދޫ ނަންބަރުތަކަށް ހިލޭ ވޮއިސް ކޯލް 150 ރުފިޔާއަށް، ފަސް ދުވަހުގެ ވެލިޑިޓީއަކާ އެކު

މި ބޮޑު އީދާ އެކު އެ ކުންފުނީގެ ކަސްޓަމަރުންނަށް ރަނގަޅު ފުރުސަތުތަކެއް އިއުލާނު ކުރެވިފައިވާއިރު، މި އޮފާތަކުގެ އިތުރު މައުލޫމާތު ހޯދުމަށް އަދި އެކްޓިވޭޓް ކުރުމަށް އުރީދޫ ސުޕައެޕް ބޭނުން ކުރުމަށް އުރީދޫން އެދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް