ads
އިސްރާއީލުގެ ހަމަލާތަކުގައި ފުރާނަ ގެއްލުނު ފަލަސްތީނު ބައެއްގެ ހަށިގަނޑުތައް - ފޮޓޯ:މިޑްލް އީސްޓް މޮނިޓާ
ފަލަސްތީނުގެ ފިރިހެން ޖިންސު ނައްތާލަން އިޒްރޭލުން މަސައްކަތްކުރޭ: ރިޕޯޓް
އިސްރާއީލުން ފަލަސްތީނުގެ ގާޒާ އަދި އެނޫންވެސް ސަރަހައްދުތަކުގައި ދެމުންގެންދާ ލާއިންސާނީ ޖަރީމާތަކުގެ ފަލަސްތީނުގެ ފިރިހެން ޖިންސު ނައްތާލަން އިންތިޒާމް ވެގެން އިޒްރޭލުން މަސައްކަތްކުރޭ ކަމަށް އދގެ ރިޕޯޓެއްގައި ބުނެފި އެވެ.

މިނިވަން ކޮމިޝަނެއް ކަމަށްވާ، ކޮމިޝަން އޮފް އިންކުއަރީގެ މި ރިޕޯޓަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު 8 ވަނަ ދުވަހު އިޒްރޭލުން ގާޒާއަށް ހަމަލާތައް ދޭން ފެށި ފަހުން އދ. އިން ކުރި މިފަދަ އެންމެ ބޮޑު ތަހުގީގެވެ.

ހަމާސް އިން ދިން ހަމަލާގެ ބަދަލު ހިފުމަށް ހަމާސް ނައްތާލަން ކަމަށް ބުނެ ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 37400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންނެވެ.

އޭގެތެރެއިން، ގާތްގަނޑަކަށް 51 ޕަސަންޓަކީ ފިރިހެނުން ކަމަށާއި، 19 ޕަސަންޓު އަންހެނުން އަދި 30 ޕަސަންޓަކީ ކުޑަކުދިން ކަމަށް އދ.އިން ބުންޏެވެ.

އިޒްރޭލުން ވަނީ އާންމުން އުޅޭ ސަރަހައްދުތަކަށް، ރާވައިގެން ގަސްތުގައި ގާޒާގެ ފިރިހެނުންނަށް ހަމަލާތައް ދީފައި ކަމަށް ވެސް މި ރިޕޯޓްގައިވެ އެވެ. އަދި ފަލަސްތީނުގެ ތާރީހުގައި ވެސް، ގެދޮރު ގެއްލިފައިވާ މީހުންނަށް ދިމާވެދާނެ އެންމެ ބޮޑު ކާރިސާ ކުރިމަތިވެފައި ވަނިކޮށް، އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ، އިންސާނިއްޔަތާ ހިލާފް އަމަލު އަދި ބައިނަލްއަގުވާމީ ގާނޫނާ ހިލާފް އަމަލުތައް ތަކުރާރުކޮށް ހިންގާފައިވާކަމެއް ރިޕޯޓުގައި ވެއެވެ.

"ބައިބަޔަށް މީހުން މެރުން، ގާޒާގެ ފިރިހެނުންނާއި ފިރިހެން ކުދިން މަރައި ފިރިހެން ޖިންސު ނައްތާލަން މަސައްކަތްކުރުން، ނަސްލު ނައްތާލުމުގެ ޖަރީމާތަކާއެކު މަޖުބޫރުން އެކި ތަންތަނަށް މީހުން ގެންދިއުން، ލާއިންސާނީ އަނިޔާކުރުން ފަދަ އަމަލުތައް އިޒްރޭލުން ހިންގާފައިވާ ކަމަށް ކޮމިޝަންގެ ތަހުގީގަށް ވަނީ އެނގިފައި،" ރިޕޯޓްގައިވެ އެވެ.

މި ރިޕޯޓާ ހަވާލާދީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ވެރިޔާ ޓެޑްރޮސް އަދްނޮމް ވިދާޅުވީ ހޮސްޕިޓަލްތަކަށް އިސްރާއީލުން ހަމަލާދިނުމުގެ އިތުރުން އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ކަރަންޓާއި ފެން ނެތުމާއި ބޭހާއި ވަސީލަތްތައް ނެތުމަކީވެސް ޣައްޒާގެ ބަލި މީހުންނަށް ސިއްހީ ފަރުވާ ދިނުމަށް އޮތް ބޮޑު ހުރަހެކެވެ.

އަދި ވިދާޅުވީ ފަލަސްތީނަށް ކުރިމަތިވެފައިވާ ނިކަމެތި ހާލަތުގެ ހައްލަކީ ހަނގުރާމަ ހުއްޓައިލުން ކަމަށެވެ. 

ޑަބްލިޔުއެޗްއޯ ބުނާގޮތުން އެޖަމްއިއްޔާގެ ޓީމުތައް ގާޒާއަށް ކުރި ދަތުރުގައި ޒިޔާރަތް ކުރެއްވި ތަންތަނުގެ ތެރޭގައި ގާޒާގެ އުތުރުގައި އޮންނަ މުސްތަޝްފާ އަލްއަވްދާ އަދި މުސްތަޝްފާ ކަމާލް އަދްވާން ހޮސްޕިޓަލް ހިމެނެ އެވެ. މިދެ ހޮސްޕިޓަލްގެ ތެރެއިން ކަމާލް ޢަދްވާން ހޮސްޕިޓަލަކީ ޣައްޒާގެ އުތުރުގައި ހުންނަ ކުޑަކުދިންނަށް ހާއްސަ ހަމައެކަނި ހޮސްޕިޓަލެވެ.

ޑަބްލިޔުއެޗްއޯގެ ޓީމުތަކުގެ ރިޕޯޓްގައިވާގޮތުން އެ ދެ ހޮސްޕިޓަލުންވެސް ފެނުނީ ވަރަށް "ހިތާމަވެރި" ބިރުވެރި މަންޒަރުތަކެކެވެ. އެއީ އެދެތަނުގައި އެދުމަތިކޮށްފައިވާ ކުޑަކުދިންނަށް ބޭހާއި ކާބޯތަކެތި ނުލިބިގެން މަރުވާ މަންޒެރެވެ. އައްސިކުރާ ސާމާނާއި ބޭސްނެތިގެން އައްސިނުކޮށް އޮޕަރޭޝަންތައް ކުރަން ގާޒާގެ ޑޮކްޓަރުންނަށް މަޖުބޫރިވެފައިވާ މަންޒަރެވެ.

your imageއިޒްރޭލު ސިފައިން ޣައްޒާގެ ނާސިރު ހޮސްޕިޓަލް ގޯތިތެރޭ ވަޅުލާފައި ހުއްޓާ ފެނުނު ހަށިތަކެއްގެ ކައިރީ ބަޔަކު ހިތާމަކޮށް ރޮނީ. -- ފޮޓޯ: އޭއެފްޕީ

ހަނގުރާމައިގެ އުކުޅެއްގެ ގޮތުގައި ބޭނުންކޮށް އިންސާނުން ބަނޑަށް ޖެއްސުން، ގަސްދުގައި މީހުން ހާލުގައި ޖައްސައި، ގަސްދުގައި މީހުން މެރުން، ހަނގުރާމައެއްގެ ތެރެއިން މަދަނީން މެރުން އަދި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާތީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރު ކުރުމަށް އައިސީޖޭގެ ޕްރޮސެކިއުޓަރުން ވެސް ވަނީ އެ ކޯޓުގައި އެދިފަ އެވެ.

އިޒުރޭލުގެ ހަމަލާތަކުގައި ގާޒާގެ އުމްރަނީ ތަރައްގީ ސުންނާފަތިކޮށްފައި ވާތީ އައިސީޖޭއިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އަދި ރަފާހް އަރައިގަނެ ހަމަލާތައް ފުޅާކުރަމުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެފައި އޮތް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ގަތުލްއާންމާ ގުޅިގެން، ޔޫރަޕުގެ ގިނަ ގައުމުތަކުން އަންނަނީ ފަލަސްތީނަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަނެ އިޒްރޭލުގެ އަމަލުތަށް ކުށްވެރިކުރަމުންނެވެ. އަދި އދގެ މެމްބަރު ގައުމުތަކުން އިޒްރޭލާމެދި ފަހު ބަސްބުނަން ވެއްޖެ ކަމަށް ދުނިޔޭގެ ގިނަގައުމުތަކުން ވަނީ އިއުތިރާފް ވެފަ އެވެ. 

އެގޮތުން އިސްރާއީލުން ފަލަސްތީނުގެ ގާޒާގައި ދެމުންގެންދާ ލާއިންސާނީ އަނިޔާތަކުގައި މައުސޫމު އެތައް ކުޑަކުދިންނެއް ޝަހީދުކުރަމުންދާތީ، ކުޑަކުދިންގެ ހައްގުތަކާ ހިލާފުވެ، ކުޑަކުދިން މަރަމުން އަންނަ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އދ.އިން "ކުޑަކުދިން މަރާ ގައުމުތަކުގެ ލިސްޓަށް އިސްރާއީލް އިތުރުކުރުމުން" ހުޅަނގުގެ ގައުމުތަށް ވެސް ހިމެނޭހެން ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން އެކަމަށް ވަނީ ތާއީދުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް