ads
ސްކޮޓްލަންޑްގެ މެކްޓޮމިނިޓީ
މިއީ ދިގު އިންތިޒާރެއްގެ ނިމުން
ޔޫރޯގެ އޯޕަނިން މެޗުގައި ޖަރުމަނާ ދެކޮޅަށް މިރޭ ނުކުންނައިރު، މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމަށް ސްކޮޓްލަންޑްގެ ކޯޗު ސްޓީވް ކްލާކް ބުނެފިއެވެ.
Advertisement

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތް ކަމަށްވާ، ޔޫރޯ، ޖަރުމަންވިލާތުގައި މިރޭ ފަށާނީ ޖަރުމަނާ ސްކޮޓްލަންޑްގެ މެޗުންނެވެ. 

މި މެޗު ފަށާނީ ރާއްޖޭ ގަޑިން ރޭގަނޑު 12 ޖަހާއިރުއެވެ. އޯޕަނިން މެޗުގެ ޕްރީ މެޗު ޕްރެސްގައި ސްކޮޓްލެންޑްގެ ކޯޗު، ސްޓީވް ކްލާކް ބުނީ، މިއީ ދިގު އިންތިޒާރެއްގެ ނިމުން ކަމެވެ. އޭނާ ބުނީ ސްކޮޓްލަނޑް ޓީމުން ފުރިހަމައަށް ތައްޔާރުވެގެން ތިބި ކަމަށާއި، ރަނގަޅު މެޗެއް ފެނިގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އެ ޓީމުން ޓާގެޓްކޮށްގެން ތިބީ ޖަރުމަނު އަތުން މަދުވެގެން ޕޮއިންޓެއް ހޯދާށެވެ.

ސްކޮޓްލެންޑްގެ ކެޕްޓަން، އެންޑީ ރޮބަޓްސަން ބުނީ، ޖަރުމަނާ ދެކޮޅަށް ކުޅެން ފަސޭހަނުވާނެ ކަން އެނގޭ ކަމަށެވެ. އަދި އެއީ ގްރޫޕުގެ އިތުރުން މުބާރާތުވެސް ފޭވަރިޓެއް ކަމަށް އޭނާ ބުންޏެވެ.

ޖަރުމަނާއި ސްކޮޓްލެންޑްގެ އިތުރުން ގްރޫޕް އޭގައި ދެން ހިމެނެނީ ހަންގޭރީ އާއި ސްވިޒަލެންޑެވެ.

މުބާރާތުގެ ކުރިން ސްކޮޓްލެންޑަށް އަނިޔާގެ މައްސަލަތައް ކުރިމަތިވިޔަސް، މި ވަގުތު އޮތް ސްކޮޑް އޮތީ މުޅިން ފިޓުކޮށެވެ. މިއީ ސްކޮޓްލެންޑް ޔޫރޯގައި ޖެހިޖެހިގެން ވާދަކުރާ ދެވަނަ އަހަރެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އޮތް ޔޫރޯގައި 1998 ވަނަ އަހަރު ފީފާ ވޯލްޑް ކަޕަށްފަހު ސްކޮޓްލެންޑް ކުޅުނު ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތެވެ.

އަމިއްލަ ގައުމުގައި ހޯސްޓްކުރާ މުބާރާތަކަށްވުމުން މުޅި ޓީމަށް އެކަމުގެ ޕްރެޝަރު އެބައޮތް ކަމަށާއި އެހެންނަމަވެސް މުބާރާތަށް ތައްޔާރު ކަމަށް ޖަރުމަނުގެ ކޯޗު  ޖޫލިއަން ނާގަލްސްމަންވަނީ ބުނެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް