ads
މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ގައުމާއި މުހާތަބު ކުރައްވަނީ
މިދިޔަ ދޮޅު އަހަރުކުރި ކަންކަމަށްވުރެ ގިނަ މަސައްކަތް ދެން ފެންނާނެ: ރައީސް
ރާއްޖޭގެ ތަރައްގީއަށް މިދިޔަ ދޮޅު އަހަރު ކުރި މަސައްކަތްތައްވުރެ ގިނަ މަސައްކަތް ވަރަށް އަވަހަށް ފެނިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަމުންދާނީ ގައުމުގެ ތަރައްގީ ކުރިޔަށް ގެންދިޔުމަށް އެމަނިކުފާނު ވެފައި ހުރި ވައުދުތައް ފުއްދުމުގައި އިހްލާސްތެރިކަމާއި އެކު ބުރަ މަސައްކަތް ކުރުމުގައިކަމަށެވެ. މިކަންކަން ކުރުމުގައި ވަރަށް ހިވާގިކަމާއި އެކީގައި ރެއާ ދުވާލު މަސައްކަތް ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" ހުރިހާ ވަޒީރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުންފުނިތަކުގެ ވެރިން، ރައްޔިތުން މަޖލީހުގެ އަޅުގަނޑުމެންގެ އިއްޒަތްތެރި މެމްބަރުން، މިހެން ގޮސް މުޅި ސަރުކާރުން މުޅި ދައުލަތުން މަސައްކަތް ކުރަމުން ގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ތަރައްގީގެ މަސައްކަތްތައް ކުރާނީ ބޭރުގެ ފަރާތަކުން އެހީތެރިކަން ހޯދަމުން ވަރުގަދަ އަޒުމެއްގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރި މަސައްކަތްތަކެއްވުރެ ގިނަ މަސައްކަތް މި ސަރުކާރުގެ ޕްލޭނާއި އެގޮތަށް ކުރިޔަށް ދާނެކަމަށާއި އެކަންކަން ކުރިޔަށް އޮތް ހަފްތާތަކުގައި މަސްތަކުގައި ފެނިގެންދާނެކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އެއީ އަޅުގަނޑުގެ އެންމެ މިހިއްމު ދާއިރާ ބޯހިޔާވަހިކަމުގެ ދާއިރާ ވިޔަސް، އެ ދާއިރާއަށް ބެލި ނަމަވެސް ކުރިޔަށް އޮތް ހަފްތާތަކާއި މަސްތަކުގައި، މި ދަންނަވަނީ އަހަރުތަކެއް ނޫން، ހަފްތާތަކާއި މަސްތަކުގައި ފެނިގެންދާނެ. މިދިޔަ ގިނަދުވަސްތަކުގައި އަޅުގަނޑުމެން ތައްޔާރުވި ކަންތައްތަކުގެ އަމަލީ މަސައްކަތް ފެނިގެންދާނެ." ރައީސް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ކަންކޮޅެެއްގައި މި މަސައްކަތްތައް މިހާރުވެސް ފެންނަމުންދާނެކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެހެންނަމަވެސް ތަރައްގީ ހާސިލުވާނީ ނަފްސު ތަރައްގީކޮށް ސިކުނޑި ތަރައްގީކުރަން ވިސްނައިގެންކަން ރައީސް މުއިއްޒު ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް