ads
އައްޔަ
ޓީޓީގެ ރައީސްކަމަށް އަނެއްކާވެސް އައްޔަ
އަންނަ މަހު އޮންނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ރައީސަކަށް ކުރިމަތިލެއްވީ މިހާރު ވެސް އެ މަގާމުގައި ހުންނެވި، އަލީ ރަޝީދު (އައްޔަ) އެކަނި ކަމަށް ޓީޓީ އެސޯސިއޭޝަނުން ހާމަކޮށްފިއެވެ.
Advertisement

އައްޔައަކީ ފްރާންސްގެ ޕެރިހުގައި އޮންނަ އޮލިމްޕިކް ގޭމްސްގެ ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް، އޮލިމްޕިކް ކޮމިޓީން ކަނޑައެޅި ފަރާތްވެސްމެއެވެ.

ޓީޓީ އެސޯސިއޭޝަންގެ އިންތިހާބު އޮންނާނީ އަންނަ މަހުގެ 10 ވަނަ ދުވަހުއެވެ. ޓީޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު މިހާރުވަނީ ހަމަވެފައެވެ.

މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަނޑު ހަމަވިއިރު، ކޮންމެ މަގާމަކަށް ވެސް ކުރިމަތިލާފައިވަނީ އެންމެ ފަރާތެކެވެ. ރައީސްކަމަށް އައްޔަ އެކަނި ކުރިމަތިލެއްވިއިރު،

ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެއްވީ، މިހާރު ވެސް އެ މަގާމުގައި ހުންނެވި، އިބްރާހިމް ޝިއުރީ އެވެ. ހަޒާންދާރަކަށް އަހުމަދު ޝާޒިލް، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ އަންހެން މެމްބަރަކަށް އައިޝަތު ފަދުވާ ރަޝީދު، ހިންގާ ކޮމިޓީގައި ފުރިހަމަ މެމްބަރުން ތަމްސީލްކުރާ ފިރިހެން މެމްބަރަކަށް، އަމްޕަޔަރު، އައްޒާމް އިބްރާހިމް، ހިންގާ ކޮމިޓީގައި ކްލަބް ޖަމިއްޔާތައް ތަމްސީލްކުރާ މެމްބަރު ކަމަށް ޖާދުﷲ ހަސަން އަދި ހިންގާ ކޮމިޓީގައި އެސޯސިއޭޓް މެމްބަރުން ތަމްސީލްކުރާ މެމްބަރު ކަމަށް އިސްމާއިލް ސުޖާއު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް