
މިރާލް
މިރާލް، 100 މީޓަރު ބަޓަފްލައި ގައުމީ ރެކޯޑްއާކޮށްފި
ސްޕޯޓްސް ޓީމް
15 ޖޫން 2024 - 15:41:09
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އައިން ލަތީފް އާކޮށްފިއެވެ.
އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯރޑް މިރާލް އާކުރީ ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައެވެ. މިރާލް މި ގައުމީ ރެކޯޑު އާކޮށްފައި ވަނީ 01:13.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މިއިވެންޓުގެ ގައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލް އެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 01:13.99 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި ފުރަތަމަ ގައުމީ ރެކޯޑެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް