
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންތަކެއް ލޮރީ ޓްރަކެއް ގައި އުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ވަށައިގެން ބަންދާފައި އޮތް އެ ލޮރީގައި ވަރަށް ގިނަ އަދަދެއްގެ ބިދޭސީން ތިބޭތަން ފެނެ އެވެ. އެ މީހުން ހުޅުމާލެ އިން މާލެއަށް ދަތުރުކުރުމަށް ފަހު ލޮރީން ފައިބާ މަންޒަރު ވެސް ފެނެ އެވެ.
އެކްސަގައި ކުރި ޕޯސްޓެއްގައި އެގޮތަށް މީހުން ބަންދުކޮށްގެން އުފުލުމަކީ ހުއްދަކަމެއްްތޯ ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ޓެގްކޮށް މީހަކު ވަނީ ސުވާލުކޮށްފަ އެވެ.
ޖަވާބުގައި ޝިފާން ވިދާޅުވީ އެއީ ހުއްދަ ކަމެއް ނޫނެވެ. ތަހުގީގެއް ފަށައި، ގާނޫނާ ހިލާފަށް ހިންގާ މިފަދަ ކަންކަން ހުއްޓުވުމުގައި އިތުރަށް ސަމާލުވާނެކަމަށް ޝިފާން ވިދާޅުވި އެވެ.
އެ ޕޯސްޓަށް ކޮމެންޓުކުރި މީހަކު ބުނެފައިވާ ގޮތުން ލޮރީން އުފުލީ އެމްއޭސީއެލްގެ ޓާމިނަލް މަސައްކަތްކުރަން ގެނެސްފައިވާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީގެ މުވައްޒަފުން ކަމަށެވެ.