
މާލެއާއި ހުޅުމާލެއިން ކަރަންޓް ކަނޑައިގެން ދިޔައީ މިއަދު 12:30 އެހާއިރު އެވެ.
ސްޓެލްކޯއިން މައާފަށް އެދެމުން ބުނީ ކަރަންޓް ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އެ މައްސަލަ ދެނެގަނެ ކަރަންޓް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެހެންނަމަވެސް ކަރަންޓް ދެވޭނެ އިރެއް ނޭނގޭކަމަށް ސްޓެލްކޯއިން ބުނެެެއެވެ.
ސްޓެލްކޯއިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައިފިކަމަށެވެ. އަދި ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދީފައިކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ބެލުމުގެ ދަށުގައިވާ ހަތަރު ހޮސްޕިޓަލްގެ ތެރެއިން ވިލިމާލެ ހޮސްޕިޓަލް ފިޔަވައި ހުރިހާ ހޮސްޕިޓަލަކުން ކަރަންޓު ކެނޑުނެވެ. ނަމަވެސް ބެކަޕް ބޭނުންކޮށްގެން މިހާރު ވަނީ ކްރިޓިކަލް އޭރިއާތަކަށް ކަރަންޓު ދީފައި އެވެ. ޕޭޝަންޓް ކެއާގެ ހިދުމަތަށް ބުރުލެއް ނާރާ ކަމަށާއި އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލާއި މޯލްޑިވްސް ބްލަޑް ސާވިސް މިވަގު ހިންގަމުންދަނީ ބެކަޕް ޕަވަ ބޭނުންކޮށްގެން ކަމަށް މާލޭ ސިޓީ ގްރޫޕް ބުން ވަނީ ބުނެފަ އެވެ.
މާލޭ ސަރަހައްދުން ކަރަނޓު ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވައިފަ އެވެ.
މި މައްސަލަ ހިނގި ގޮތުގެ ތަހުގީގެއް މިހާރު ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ފަށައިފަ އެވެ.