ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
އެސްޓީއޯ ހެޑް އޮފީސް: އެސްޓީއޯގެ ހިއްސާއަަކަަށް 80ރ. ބަހަން ބޯޑުން މިއަދު ވަނީ ނިންމައިފަ - ފޮޓޯ:އެސްޓީއޯ
އެސްޓީއޯގެ ހިއްސާއަަކަަށް 80ރ. ބަހަން ބޯޑުން ނިންމައިފި
އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 80 ރުފިޔާ ބަހަން އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.
Advertisement

އެކުންފުނިން ބުނީ، 2023 ވަނަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާއިން 80 ރުފިޔާ ބަހަން ހުށަހެޅުމަށް އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން މިއަދި ނިންމާފައިވާ ކަމަށެވެ.

އަދި މިއަދަދު ހިއްސާދާރުން ފާސްކޮށްދިނުމަަަށް އެކުންފުނީގެ އަހަރީ އާންމު ޖަލްސާއަށް ހުށަހެޅޭނެ ކަމަށާއި، ހިއްސާގެ ފައިދާ ބަހާނީ އަހަރީ އާންމު ޖަލްސާއިން ފާސްވުމަށްފަހު ކަމަށް އެކުންފުނިން ބުނެ އެވެ. އެ ޖަލްސާ އޮންނާނީ އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަަހު އެވެ.

ކުންފުނީގެ އަހަރީ ރިޕޯޓު އާންމުކޮށް އަހަރީ އާންމު ޖަލްސާއަށް ވަމުން އަންނަ ތައްޔާރީތަކުގެ މައުލޫމާތުދިނުމަށާއި ހިއްސާދާރުންނަށް ހިޔާލުފާޅުކުރުމަށް ފުރުސަތު ދިނުމަށްޓަކައި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެ ކުންފުނިން ހިއްސާދާރުންގެ ނުރަސްމީ ބައްދަލުވުމެއް ވެސް ވަނީ ބާއްވާފަ އެވެ.

އެސްޓީއޯއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މި އަދަދަކީ 17 އަހަރު ތެރޭގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާދާރުންނަށް ބަހާ އެންމެ ބޮޑު އަދަދު ކަމަށެވެ. 

އެސްޓީއޯ އިން މިދިޔަ އަހަރު އެ ކުންފުނީގެ ހިއްސާދަރުންނަށް ބެހީ ހިއްސާ އަކަށް 77 ރުފިޔާ އެވެ.

އެ ކުންފުނީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ރިޕޯޓް ބުނާގޮތުން މި އަހަރުގެ ފުރަތަމަ ތިން މަހު ލިބުނު ސާފު ފައިދާ 195 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. އަދި، އެސްޓީއޯއިން ބުނާ ގޮތުގައި އެ ކުއާޓަރުގައި އާމްދަނީގެ 83 ޕަސެންޓަކީ ތެލުގެ ވިޔަފާރިން ލިބިފައިވާ އާމްދަނީއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އެންމެ ދެފުށް ފެންނަ ގޮތެއްގައި ހިންގި ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ވެސް އެސްޓީއޯ ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް