ads
ކަސްޓަމްސް މައި އޮފީސް ބިލްޑިންގް
އޮޅުވާލައިގެން އެތެރެކުރަން އުޅުނު 3 މިލިއަނަށްވުރެ ގިނަ ސިނގިރޭޓު އަތުލައިގެންފި
ޓިޝޫ ކަމަށް ބުނެ އޮޅުވާލައިގެން އެތެރެކުރަން އުޅުނު 200 މާސްޓާ ކާޓަން ނުވަތަ ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެ، އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާ ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފި އެވެ.

ކަސްޓަމްސް އިން ބުނީ މިދިޔަ މަހުގެ 19 ގައި އައި މުދަލުގެ ޝިޕްމަންޓެއް 343 ކާޓަންގެ ޕޭޕާ ޓިޝޫ ހިމެނޭ ކަމަށް ޑިކްލެއާކޮށްފައިވާ ކަމަށާއި ނަމަވެސް އެ އިދާރާ އަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 13 ވަނަ ދުވަހު ބަލައި ފާސްކުރި އެ ޝިޕްމެންޓެއްގެ ތެރެއިން 143 ކާޓަންގެ ޕޭޕާ ޓިޝޫއާއި 200 މާސްޓާ ކާޓަންގެ ސިނގިރޭޓު ފެނިފައިވާ ކަމަށެވެ. މި 200 މާސްޓާ ކާޓަންގައި ތިން މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އެ ޝިޕްމަންޓުގައި ހިމެނޭ މުދާތައް ކަސްޓަމްސްއިން ހިފަހައްޓާފައިވާއިރު، އެ އިދާރާ އިން ބުނީ މިއީ ރާއްޖެއަށް ސިއްރުން މުދާ އެތެރެކުރަން އުޅުމުގެ މައްސަލައަކަށްވާތީ މި މައްސަލައިގެ ތަހުގީގު މިހާރު ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައިފާސްކުރުމުގެ މަރުޙަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓު ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެމަތީން އަމަލުކުރާނެ ކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލާގުޅޭގޮތުން ކަސްޓަމްސްގެ ޤާނޫނު ތަންފީޒްކުރުމުގައި ކަސްޓަމްސްއިން ފަސްނުޖެހޭނެ ކަމަށް ކަސްޓަމްސްގެ ބަޔާނުގައިވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް