
ޒަކީ، ދިވެހި ދައުލަތަށް ހިދުމަތް ކުރައްވަން ފެއްޓެވީ 3 މާރިޗު 1973 ގަ އެވެ. އޭނާ 28 އޮކްޓޯބަރު 2020ގައި ރިޓަޔާ ކުރެއްވީ އުމުރުން 65 އަހަރުވެގެންނެވެ. އޭރު ހުންނެވީ, ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ސީނިއާ ޕްރިންޓިން ސުޕަވައިޒަރެއްގެ މަގާމުގަ އެވެ.
ޒަކީ ނިޔާވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓްގައި ވަނީ ޒަކީގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާ، އާއިލާއަށް ކެތްތެރިކަން މިންވަރުކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
ތައުލީމީ ދާއިރާގެ އިތުރުން ސަރުކާރުގެ އެހެން ދާއިރާކުންވެސް ޒަކީ ވަނީ ހިދުމަތްކުރައްވާފަ އެވެ. ޒަކީ ވަނީ ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ. އެމަނިކުފާނު ނިޔާވިއިރު އުމުރުފުޅަކީ 68 އަހަރެވެ.
ޒަކީ ނިޔާވުމާއި ގުޅިގެން ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަނީ ޒަކީގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެފަ އެވެ. ނައިބު ރައީސް ވިދާޅުވީ، ދިވެހި ދައުލަތަށް ގިނަގުނަ ހިދުމަތަތްތަކެއް ކޮށްދެއްވާފައިވާ ޒަކީ ނިޔާވި ހަބަރު އެއްސެވީ ކުއްލި ހައިރާންކަމާއި އެކުކަމަށެވެ. އަދި ޒަކީގެ ފުރާނަފުޅަށް ރަހުމަތްލެއްވުން އެދި ވަނީ ދުއާކުރައްވާފަ އެވެ.