ހަބަރު /
ނަސްލީ ތަފާތުކުރުންތަކާއި ހިޖުރަކުރުމާ ދެކޮޅުވުން އިތުރު ވެއްޖެ: ނަޝީދު
އަލީ މިދުހަތު
17 ޖޫން 2024 - 21:13:46
ޕޮޕިއުލިސްޓު ލީޑަރުން އިންތިހާބުތައް ކާމިޔާބުކުރުމުގެ ނަތީޖާ އަކީ ހިޖުރަކުރުމާއި ދެކޮޅު ފިކުރުތަކާއި ނަސްލީ ތަފާތުކުރުން އިންތިހާއަށް އިތުރުވަމުން އައުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިހާރު ކްލައިމަޓް ވަލްނަރަބްލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު އަދާކުރެއްވުމަށް ގާނާގައި ދިރިއުޅުއްވާ ރައީސް ނަޝީދު މިއަދު އެކްސްއަށް ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ނުރައްކާތެރި އަލާމަތްތަކެވެ. އެގޮތުން:
- ބޮޑެތި ބާރުތަކުން އަންނަނީ އާންމުން ސިފައިންގޭގައި ނުވަތަ ދިފާއީ ބާރުތަކުގައި މަސައްކަތްކުރަން މަޖުބޫރުކުރުވަމުން
- ހަތިޔާރު ގިނަ ކުރަން ގައުމުތަކުން އަސްކަރިއްޔާއަށް ކުރަމުންދާ ހަރަދުތައް އަންނަނީ ބޮޑުކުރަމުން
- ޕޮޕިއުލިސްޓު ލީޑަރުން އިންތިހާބުތައް ކާމިޔާބުކުރުމުން، ނަސްލީ ތަފާތުކުރުންތަކާއި ހިޖުރަކުރުމާ ދެކޮޅުވުން އިތުރުވަމުން
"ހަމަޖެހިގެން ވިސްނުންތެރިކަމާ އެކު ކަން ކުރާ ވެރިން ނާންނަ ނަމަ، މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަކަށްކަމުގެ ބިރު އެބައޮތް،" އިނގިރޭސި ބަހުން އެ މަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި މި ގޮންޖެހުންތައް ދުނިޔެއަށް ކުރިމަތި ވަނީ ދުނިޔެ ހޫނުވުމުގެ މައްސަލަ އެކަހެރިކޮށްފައި ކަމަށެވެ. އެ މަނިކުފާނު ވަނީ އެ ހުރިހާ ކަމަކާ އެކު މޫސުމަށް އަންނަ ބަދަލުތަކުގެ ކަންބޮޑުވުން ވެސް ފާޅުކުރައްވައިފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް